ޔުއެފާ ނޭޝަންސް ލީގު: ތިންވަނަ އިޓަލީއަށް

ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިޓަލީން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ އިޓަލީގެ ޓިއުރިންގެ އެލިއަންޒް އެރީނާގައި ކުޅުނު ތިންވަނަ ހޮވާމެޗުގައި ބެލްޖިއަމާއި ބައްދަލުކޮށް އިޓަލީން މެޗް ކާމިޔާބު ކޮށްފައި ވަނީ 2 ލަނޑު 1 ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމިގެންގޮސްފައިވަނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން ދެޓީމް އެއްވަރުވެގެންނެވެ.

ނަމަވެސް ދެ ޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން މެޗުގެ 18 ވަނަ މިނެޓުގައި އިޓަލީގެ ބެރާޑީ ފޮނުވާލި ހަމަލާ ބެލްޖިއަމްގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އޭގެ ދިހަމިނެޓް

ިމެޗްގެ ދެވަނަ ހާފްގެ ކުޅުން ފެށިގެން ފުރަތަމަ މިނިޓްގައި އިޓަލީން މިމެޗްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑުވަނީ ކާމިޔާބުކޮށްފައެވެ.

މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ނިކޯލޯ ބަރެއްލާއެވެ.

ފަހުން ބެލްޖިއަމްގެ އެލެކްސިސް ސެއިލެމޭކާރސް ފޮނުވާލި ހަމަލާވެސް އަމާޒުވެފައި ވަނީ އިޓަލީގެ ގޯލުގެ ހުރަސް ދަނޑިއަށެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ އިޓަލީގެ މިޑްފީލްޑަރ ފެޑްރިކޯ ކިއޭސާއަށެވެ. އޭނާ ބެލްޖިއަމްގެ އޭރިއާތެރޭ ހުހަށްހުރެ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ބެލްޖިއަމްގެ ގޯލް ކީޕަރެވެ.

އިޓަލީގެ ދެވަނަ ލަނޑު 65 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑޮމެނިކޯ ބެރާޑީއެވެ.

މިމެޗުގައި ބެލްޖިއަމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގައި ކުޅެން ނުކުތް ޑި ބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޑި ކެޓަލަރއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރަތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރަތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ. ބާސެލޯނާ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލުގެ ފުރަތަމަ ލެގްގެ މެޗް ...

ރޭގެ މެޗްތައް ކާމިޔާބުކުރީ ކެނެރީފް އަދި ރިސޯޓްބޯއިސް

ހުޅުދޫގައި މިހާރު ހިގަމުންދާ މިނިވަންކަޕް 2018 ފުޓްސަލް މުބާރާތުގައި ރޭ ކުޅެވުނު މެޗުތައް ކެނެރީފާއި ރިސޯޓްބޯއިސް ކާމިޔާބުކޮށްފި އެވެ. ...

ގަންބުރި ކަޕްގެ ޗެމްޕިއަންކަން ކެނެލާ ހޯދައިފި

މީދޫގައި ބޭއްވި ގަންބުރި ކަޕް  ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ” ކެނެލާ ” ހޯދައިފި އެވެ. ކެނެލާ މިމުބާރާތުގެ ...