ސާފްޗެމްޕިއަންޝިފް: ފުރަތަމަމެޗް ބަގްލާދޭޝް ކާމިޔާބު ކޮށްފި

މިއަދު ހަވީރު މާލޭގައި ފެށި އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ  ފުރަތަމަ މެޗު ބަގްލާދޭޝް ކާމިޔާބު ކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި، ކުޅެވުނު މިމެޗް ބަގްލާދޭޝް ކާމިޔާބުކޮށްފައިވަނީ  ސްރީލަންކާއާއި ވާދަކޮށް 1 ލަނޑު 0 ލަނޑުންނެވެ.

މިމެޗުގައި ފެނުނު ހަމައެކަނި ލަނޑު ބަންގްލަދޭޝް އިން ކާމިޔާބް ކުރީ 54 ވަނަ މިނިޓްގައެވެ.

މިލަނޑަކީ ލަންކާ ޓީމުގެ ޕެނަލްޓީއޭރިއާގެ ތެރެއިން އެޓީމުގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުން ބަގްލާދޭޝްޓީމު ކާމިޔާބު ކުރި ގޯލެކެވެ.

 އެޓީމަށް ލިބުނު މިޕެނެލްޓީމް މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ   ޑިފެންޑަރު ޓޯޕޫ އެވެ.   

އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތާއި  ދިވެހި ޤައުމީ ޓީމު ކުޅޭ ފުރަތަމަ މެޗު މިރޭ އޮންނާނެވެ.

 މިރޭ 9 ޖަހާއިރު ފަށާ މެޗުގައި ރާއްޖެ ވާދަކުރަންޖެހެނީ ނޭޕާލްއާއިއެވެ.

ނޯޓް: ޚަބަރުގައި ހިމެނޭ ފޮޓޯ އެފްއޭއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕްރެސް ކަޓުވާލުމުން ދަގަނޑޭ ގައުމީ ޓީމުން ބާކީކޮށްފި

އޭއެފްސީ ކަޕުގައި މާދަމާ ދިވެހި ރާއްޖެ އަމިއްލަ ދަނޑުގައި ބޫޓާނާ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ޕްރެސްއަށް ...

އެމްއީސީ ބަދަހިކަޕް – ގްރޫޕީން ސެމީފައިނަލަށް ހޮވުނީ މިފްކޯއާއި ޕޮލިސް

މިހާރު މީދޫގައި ހިގަމުންދާ ” އެމް.އީ.ސީ ބަދަހިކަޕް ” ނެޓްބޯޅަ މުބާރާތުގެ ގްރޫޕީން ސެމީފައިނަލަށް ދެޓީމް ދަތުރުކޮށްފި އެވެ. ...

ގައުމު ސްޓްރީޓް ކަޕް – ކަޅަބެންޗާ އާއި އުސްގަޑަ ބައްދަލުކުރިމެޗް އުސްގަޑަ ކާމިޔާބުކޮށްފި

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު ހިތަދޫ އުސްގަޑަ ...