ޗެމްޕިއަންސް ލީގު: ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވެއްޖެ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗްގައި މެންޗެސްޓާ ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވެއްޖެއެވެ.

ސްވިޒަލެންޑްގެ ޗެމްޕިއަން ޔަންގް ބޯއީސްއާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު  މި މެޗުން ޔުނައިޓެޑު ބަލިވީ ޔުނައިޓެޑުން ލަނޑެއް ޖަހާ ލީޑު ހޯދާފައިވަނިކޮށް 2 ލަނޑު 1 ލަނޑުންނެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ގިނައިރު ބޯޅަ ގެންގުޅެމުންގޮސްފައިވަނީ  ޔުނައިޓެޑުންނެވެ. އެއާއެކު މެޗުގެ 14 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހާ ލީޑުވެސް ނަގާފައެވެ. ޔުނައިޓެޑުން ކާމިޔާބުކުރި މިލަނޑަކީ ބްރޫނޯ ފެނާންޑޭޒްގެ ތަނަވަސް ކޮށްދިން ފުރުސަތެއްގައި  ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

 މި ލަނޑަށް ފަހު ވެސް ރަނގަޅަށް ކުޅެމުން ގެންދިޔައީ ޔުނައިޓެޑުންނެވެ. އެހެންނަމަވެސް ޔުނައިޓެޑްގެ ޑިފެންޑަރ އާރޮން ވެން ބިސާކާއަށް ރެފްރީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން މެޗްގެ ބޮޑުބައި ޔުނއިޓެޑުން ކުޅެންޖެހުނީ 1 ކުޅުންތެރިއަކު މަދުންނެވެ.

މިމެޗްގައި ޔުނައިޓެޑްގެ ކުޅުމަށް  މައްސަލަތައް ދިމާވާން ފެށީ ކުރީން ދެންނެވިގޮތައް މެޗުގެ 35 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރ އާރޮން ވެން ބިސާކާއަށް ރެފްރީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި ހިސާބުން ފެށިގެންނެވެ.

ރޮނާލްޑޯގެ ލަނޑާއި އެކު ލީޑުގައި އޮވެ ޔުނައިޓެޑުން މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް، އެއްކުޅުންތެރިއަކު މަދުން ކުޅެމުންދިޔަ ޔުނއިޓެޑަށް ދެވަނަ ހާފްގެ ކުޅުން ފަށައިގެން މާ ގިނައިރު އެ ލީޑުގައި ހިފެހެއްޓޭގޮތެއް ނުވިއެވެ.

ޔަންގް ބޯއިސް އިން އެޓީމުގެ ކުޅުން ރަގަޅުކޮށް އެއްކުޅުންތެރިއަކު މަދުން ކުޅެމުންދިޔަ ޔުނައިޓެޑުގެ ފަހަތައް ބާރު ބޮޑުކުރަމުންގޮސް މެޗުގެ 66 ވަނަ މިނެޓުގައި ލަނޑެ ޖަހާ މެޗްގެ ނަތީޖާވަނީ އެއްވަރު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނިކޮލަސް ނަގަމަަލެއޫއެވެ.

މިމެޗުން ޔަންގް ބޯއީސް  މޮޅުވި ލަނޑު އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގެ ތެރޭގައެވެ. މިލަނޑަކީ ޔުނައިޓެޑްގެ ލިންގާޑް އަށް ހެދުނު ގޯހެއްގެ  ފައިދާ ނަގާ ޔަންގުބޯއިސްގެ ސިބެޗުއާ  ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ރޭ ރޮނާލްޑޯ ކުޅުނު މިމެޗަކީ ޗެމްޕިއަންސް ލީގުގައި އޭނާ  ކުޅުނު 177 ވަނަ މެޗެވެ. އަދި މި މެޗާ އެކު ރޮނާލްޑޯ ވަނީ މި މުބާރާތުގައި އެންމެ ގިނަ މެޗު ކުޅެގެން ރެއާލް މެޑްރިޑްގެ ކީޕަރު އިކާ ކަސިއަސް އެންމެ ގިނަމެޗް ކުޅެގެން ހަދާފައިވާ ރެކޯޑާ ހަމަހަމަކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔުއެފާ ޗެމްޕިއަންސް ލީގު: ބަލިވި ދެ ޓީމު ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޕީއެސްޖީއާއި ޗެލްސީ ދަތުރު ކޮށްފިއެވެ. ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ...

ލައިން ޖަޖެއްގައި ބޯޅައިން ޖެހުމުން ޖޮކޮވިޗް މުބާރާތުން ވަކިކޮށްފި

ޔޫއެސް އޯޕަން ޓެނުސް މުބާރާތުގެ  ހަތަރު ވަނަ ބުރުގައި މަޝްހޫރު ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް ގަސްދު ލައިން ...

ވަރުގަދަ ވެމްކޯ ބަލިކޮށް ޓީމްއެމްކޭއިން އެޓީމުގެ ފެންވަރު ދައްކާލައިފި

ވަރުގަދަ ވެމްކޯ ބަލިކޮށް ” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތުގައި  ޓީމްއެކޭ އިން އެޓީމުފެންވަރު ދައްކާލައިފިއެވެ. ގައުމީ ޓީމުގެ ...