ވަރުގަދަ ވެމްކޯ ބަލިކޮށް ޓީމްއެމްކޭއިން އެޓީމުގެ ފެންވަރު ދައްކާލައިފި

ވަރުގަދަ ވެމްކޯ ބަލިކޮށް ” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތުގައި  ޓީމްއެކޭ އިން އެޓީމުފެންވަރު ދައްކާލައިފިއެވެ.

ގައުމީ ޓީމުގެ މުހިއްމު  ކުޅުންތެރިންތަކެއް ތިބި ވެމްކޯ  ޓީމް އެމްކޭ އަތުން ބަލިބީ  20 ޕޮޓް 31 ޕޮޓު ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ޓީމް އެމްކޭވަނީ ފައިނަލާއި ގާތަށް ޖެހިލާފައެވެ. އެއީ އެޓީމު ކުޅުނު 3 މެޗުންވެސް މޮޅުވެ 9 ޕޮއިންޓް ލިބިފައިވާތީއެވެ.

ވެމްކޯ  މި މެޗުން ބަލިވިއިރު މިމުބާރާތުގައި އެޓީމް ކުޅުނު ފުރަތަމަމެޗގައި ހުޅުދޫ ޔޫތާ ބައްދަލުކޮށް 72 ޕޮޓް 8 ޕޮޓުން އެޓީމުވަނީ މޮޅުވެފައެވެ.   

ރޭ ޓީމްއެމްކޭ ހޯދި  މި މޮޅާއެކު އެ ޓީމު ވަނީ 9 ޕޮއިންޓާއެކު ޕޮއިންޓް  ޓޭބަލްގެ އެއްވަނާގައެވެ. ދެވަނައިގައި އޮތް ޕޮލިސްޓީމަށް ދެމެޗުން 6 ޕޮއިންޓް ލިބިފައިވާއިރު  ތިންވަނައިގައި އޮތް ވެމްކޯއަށް  ދެމެޗުން ލިބިފައިވަނީ  3 ޕޮއިންޓެވެ .

މޮޅު ކުޅުންތެރިއަކަށް ހޮވުނު އާލާ

މިމުބާރާތުގައި މިރޭ ޕޮލިސްއާއި ވެމްކޯ ބައްދަލުކުރާމެޗުން ޕޮލިސް މޮޅުވެއްޖެނަމަ ޓީމް އެމްކޭއާއި ޕޮލިސްޓީމަށް   ފައިނަލުގެ ޖާގަ ޔަގީންވާނެއެވެ.   ރޭ އެމްކޭއާއި ވެމްކޯ ބައްދަލުކުރި މިމެޗްގައި އެންޖަރީގައިހުރި އެމްކޭގެ އާލާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އާލާއެވެ.

ވެމްކޯއާއި ޓީމްއެމްކޭ ބައްދަލުކުރި މެޗްގެ ތެރެއިން

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓީމްޓަފްސިކްސް ބަލިކޮށް ޓީމް އަލްފައިން ފައިނަލަށް

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ ސެމީ ފައިނަލުގެ 3 ވަނަ މެޗް ކާމިޔާބުކޮށް ފައިނަލުގެ 2 ވަނަ ޖާގަ ...

ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ ކޮވިޑް ބަލި މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ހާލު ދެރަވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން، ރޭ ...

އައްޑޫގައި ބުރިޖެއް އަޅައިދޭން ރައީސަށް ހުށައަޅަނީ

އައްޑޫ ސިޓީގައި ބުރިޖެއް އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ...