އިތުރު 32 މީހުން ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ކޭސްގެ އަދަދު 310 އަށް އަރައިފި

އައްޑޫސިޓީގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާއިރު އައްޑޫސިޓީން  އިތުރު 32 މީހުން ބައްޔަށް ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ކޭހުގެ އަދަދު 310 އަށް އަރައިފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫސިޓީން އެންމެ ފަހުން ޕޮޒިޓިވްވި 32 މީހުންގެ ތެރޭގައި ހިމެނެނީ މަރަދުން ޕޮޒިޓިވްވި 31 މީހުންގެ އިތުރަށް ފޭދުން ޕޮޒިޓިވްވި މީކެވެ.

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އާދީއްތަދުވަހުގެ ދުވަހުގެ އިރުއޮއްސި ހަޔަކުން ހޯމަދުވަހުގެ ދުވަހުގެ އިރުއޮއްސި ހަޔަކަށް ކޮވިޑަށް ޓެސްޓް ކުރުމަށް ނެގުނު 148 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 32 މީހުންގެ ތެރޭގައި ހިމެނެނީ ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ޕޮޒިޓިވްވި 9 މީހުންގެ އިތުރަށް ސަވައިލަންސް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 18 މީހަކާއި ފްލޫކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި 4 މީހެއްގެ އިތުރަށް ރަށުތެރެއިން ވަކި ތަރުތީބެއްނެތި ނެގުނު ސާމްޕަލްތަކުން ޕޮޒިޓިވްވިމީހެކެވެ.

އައްޑޫގެ ރަށްރަށުގެ  ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 141 ކޭސް އުޅޭއިރު، ހިތަދޫގައި 90 ކޭސް، ފޭދޫގައި 30 ކޭސް، މަރަދޫފޭދޫގައި 07 ކޭސް އަދި ހުޅުދޫގައި 11 ކޭސް އަދި މީދޫގައި 31 އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.  

ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން އައްޑޫސިޓީގެ ހުރިހާ ރަށެއްގައިވެސް މިހާރު ރޭގަޑު 9:00 އިން ފަތިހު 4:00 އަށް  ކާފިއުގެ ހިންގަމުންދާއިރު  ބަލިން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއްވެސް އައްޑޫސިޓީގައ މިހާރުވަނީ  އަޅާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމީ ކްލައުޑް ގާއިމްކުރަން ހިލޭ އެހީގެ ގޮތުގައި އެމެރިކާއިން 13 މިލިއަން ރުފިޔާ

ގައުމީ ކްލައުޑް ގާއިމްކުރަން ހިލޭ އެހީގެ ގޮތުގައި އެމެރިކާއިން 13 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެ ސޮއި ކޮށްފިއެވެ. ...

ފޮޓޯއިން ޚަބަރު ” ސޮއި 19 ” ގެ ނަމުގައި މީދޫގައި އައު ފިހާރައެއް ހުޅުވައިފި

ތިރީގައިވާ ފޮޓޯ ތަކުން ފެނިވަޑައިގަންނަވަނީ ރޭ ” ސޮއި 19 ” ގެ ނަމުގައި މީދޫގައި ހުޅުވުނު އަންނައުނު ...

ލޯކަލް ޓުއަރިޒަމް ކުރިއެރުވޭނީ ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފޯރުކޮށްދީގެން- ޗަންޕާ އަފީފް

ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވޭނީ ފަތުރުވެރިންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ފުރިހަމައަށް ޤާއިމްކުރެވިގެންކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ ...