މަރަދޫޓީމާ ބައްދަލުކޮށް މީދޫޓީމް މޮޅުވެއްޖެ

މިނިވަން ޗެމްޕިއަންޝިޕް އައްޑުއަތޮޅުގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެފައިވާ  މީދޫޓީމާއި މަރަދޫޓީމް ބައްދަލުކޮށް ކުޅެވުނު އެކުވެރިކަމުގެމެޗް މީދޫޓީމް ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނުމިމެޗް މީދޫޓީމް ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުން ނެވެ.

ދެޓީމްގެ ފަރާތުންވެސް ދާދި ހަމަހަމކުޅުމެއް ފެނިގެންދިޔަ މިމެޗްގައި މީދޫޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 28 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީ މީދޫޓީމާއި ފޭދޫޓީމް ބައްދަލުކުރިމެޗްގައިވެސް މީދޫޓީމަށް ލަނޑު ކާމިޔާބުކޮށްދީފައިވާ ސަބާހުއެވެ.

މީދޫޓީމް ލަނޑެއްޖަހާ ލީޑު ހޯދާފައިވަނިކޮށް މަރަދޫޓީމުން ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗްގެ 33 ވަނަ މިނިޓްގައެވެ.

މަރަދޫޓީމްގެ މިލަނޑަކީ  މީދޫޓީމްގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ލިބުނު ހިލޭޖެހުމެއްގައި ފޮނުވާލި ބޯޅައެއް މީދޫޓީމްގެ ކީޕަރު ޓިއްޓިކާ އަތުގައި ޖެހިފައި ވެއްޓުނު ވަގުތު މަރަދޫޓީމްގެ  ހަސަން މުފީދު ( ހިންޑާ ) ގޯލްތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މިމެޗްގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

މިމެޗްގެ ދެވަނަ ހާފް  ކުޅުން ފެށިގެން 19 ވަނަ މިނިޓްގެ ތެރޭގައި މީދޫޓީމުން މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އިލްހާމު ( ލޭމާ ) އެވެ.

ލޭމާ  މިލަނޑު ކާމިޔާބުކޮށްދީފައިވަނީ މަރަދޫޓީމްގެ ޕެނަލްޓީއޭރިޔާގެ ބޭރުން މީދޫޓީމަށް ލިބުނު ހިލޭޖެހުމަކުންނެވެ.

އިއްޔެ ކުޅެވުނު މިމެޗް ފަހުހާފްގެ ފަހު 15 މިނިޓްގެ ތެރޭގައި މީދޫޓީމަށް ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން މަރަދޫޓީމްގެ ކުޅުންތެރީން މީދޫޓީމްގެ ހާފްގެތެރޭގައި ގިނަވަގުތު ބޯޅަ ގެންގުޅެ ލަނޑެއް ކާމިޔާބުކުރޭތޯ ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް މެޗް ނިމިގެންދިޔައީ އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެބި 2 ލަނޑު 1 ލަނޑުން މީދޫޓީމް މޮޅުވެގެންނެވެ.

އިއްޔެ ކުޅެވުނު މިމެޗަގައި މަރަދޫޓީމަށް ރާއްޖެއިން ބޭރުގެ  ކުޅުންތެރިއަކުވެސް ކުޅެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މިނިވަން ޗެމްޕިއަންޝިޕް އައްޑުއަތޮޅުގެ ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މިމުބާރާތުގައި އައްޑުއަތޮޅުގެ ހުޅުދޫފިޔަވައި ކޮންމެރަށަކުންވެސްޓީމެއް ބައިވެރިކޮށްފައިވެއެވެ.

މިމުބާރާތުގެ ހުރިހާމެޗެއްވެސް މިފަހަރު ކުޅުމަށް ހަމަޖެހިފައިވަނީ މީދޫފުޓްބޯޅަ ދަނޑުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވަންޑޭކަޕް ސްޓްރީޓް ފުޓްބޯޅަ މުބާރާތް

ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ހުޅުމީދޫ ޕޮލިސްއާއި މީދޫ މުލިމަތި ޖަމްއިއްޔާ ގުޅިގެން  ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ދަނޑުގައި ބޭއްވި ...

މިނިވަންކަޕް 2019 މިއަދު ހަވީރު ފަށަނީ – ފުރަތަމަމެޗްގައި ޕޮލިސްއާއި މަލްޓިޖީނިއަސް

މެރެތަން އިސްކޮށް ހުންނަވައިގެން ހެލްޕިންގ ސޯޝަލް ކެއާގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުދޫގައި ކުރިއަށް ގެންދާ މިނިވަންކަޕް ފުޓްސަލް މުބާރާތް ...

ފަހުވަގުތު ސަހާފް ކާމިޔާބު ކުރި ހެޓްރިކާއެކު އެތުލެޓިކް އެފްސީ ފައިނަލަށް

މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް  އެތުލެޓިކް އެފްސީގެ ސަހާފްގެ ހެޓްރިކާއެކު 4-2 ގެ ނަތީޖާއަކުން ...