ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫގައި ގިނަ ހަރަކާތްތަކެއް ހިންގައިފިއެވެ.

1999 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ “އިންޓަނޭޝަނަލް ޔޫތުޑޭ” އެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން 13 އޯގަސްޓް 2021 ވީ ހުކުރު ދުވަހު ހަނިމާދޫގައި ހިންގި އިވެންޓް ތަކުގެ ތެރޭގައި ހަނިމާދޫގެ ކައިޓް ސާފަރުންނާއި އއ. އުކުޅަސް ކައިޓް ސާފަރުން ގުޅިގެން ވަނީ ހަނިމާދޫގެ ފަޅުގައި އެ ޒުވާނުންގެ ކައިޓް ދުއްވުމުގެ ހުނަރުތައް ދައްކުވައިދީފައެވެ. މިގޮތުން މި އިވެންޓްގައި އުކުޅަސްގެ ހަތް ކައިޓް ސާފަރުންނާއި ހަނިމާދޫގެ ފަސް ކައިޓް ސާރަކުވަނީ ބައިވެރިވެފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން އޮންލައިންނޫސް “ތިލަދުން”އަށް މަޢުލޫމާތު ދެމުން އުކުޅަސް ކައިޓް ސާފަރުންގެ ޓީމްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ އަޙްމަދު އަސްލަމް ބުނެފައިވަނީ އުކުޅަސް ކައިޓް ސާފަރުން ހަނިމާދޫ “މަޅުގަނޑު” ޓީމާ ބައިވެރިވެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ އިތުރުން ހަނިމާދޫއަށް އައިސްފައި މިވަނީ ތިން ދުވަހުގެ ހަރަކާތަކަށް ކަމަށެވެ. މި ހަރަކާތުގެ ތެރޭގައި ހިމެނިގެން ހަނިމާދޫގައި ކައިޓް ދުއްވުމަށް ލޯބިކުރާ ފަރާތްތަކަށް ދަސްކޮށް ދިނުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެއިތުރުން ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ހަނިމާދޫ ޔޫތު ސެންޓަރ ގުޅިގެން 13 އޯގަސްޓް 2021 ވީ ހުކުރު ދުވަހުގެ ހަވީރު ވަނީ ޔޫތު ސެންޓަރ ގޯތިތެރޭގައި ގިނަ ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފައެވެ.

މިގޮތުން ޒުވާނުންގެ ތެރޭގައި ކުރިޔަށް ގެންދިޔަ ކުޅިވަރުތަކުގެ ތެރޭގައި އެކިހަލަ ޓާސްކް ގޭމްސްތައް ހިމެނެއެވެ. މިގޮތުން ގޯނި ރޭސް، ބަނަސް ކެއުން، ފަޔަށް ފިންސް ލައިގެން ދުވުން ކަހަލަ ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތާއި ގުޅޭގޮތުން “ތިލަދުން”އަށް މަޢުލޫމާތު ދެމުން ހަނިމާދޫ ޔޫތު ސެންޓަރގެ އެޑްމިން އިންޗާޖް އަލީ ހަމީދު ބުނެފައިވަނީ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ރާވާލެވިފައި ވަނީ ޖުމްލަ ދެ ދުވަހަށް ކަމަށެވެ.

މިގޮތުން 13 އޯގަސްޓް އެއީ ފުރަތަމަ ދުވަސް ކަމަށާއި މި ދުވަހުގެ ހަރަކާތްތައް 14 އޯގަސްޓް ގައި ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ، މިގޮތުން 14 ވަނަ ދުވަހު ދެ ޖިންސަށް ހުޅުވާލައިގެން ވަންޑޭ ވޮލީބޯލް ޓޯނަމެންޓެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަސްދަރު: ތިލަދުން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ: ސުޕްރީމް ކޯޓު

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ...

ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި

ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިވެހި ފުލުހުން ހޯދައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް ...

50 މެންބަަރުންގެ ސޮޔާއި އެކު އީވާ ވަކިކުރަން ހުށައަޅައިފި

ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ މަޤާމު ވަކިކުރަން އެމްޑީޕީން ރައްޔިތުން ...