ނަޝީދަށް ވުރެ ރައީސް ސާލިހުގެ ސިޔާސީ ތަޖުރިބާ ހުންނާނެ -ރޮޒެއިނާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ވުރެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ސިޔާސީ ތަޖުރިބާ މާ ހަރުދަނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އެކްޓިވިސްޓްއަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ސިޔާސީ ގޮތުން ހަރުދަނާ ތަޖުރިބާއެއް ހުންނެވީ ރައީސް ޞާލިހްގެ ކަމަށެވެ. އެމަނިކުފާނުގެ ވާހަކަތައް ވެސް ހަރުދަނާ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުމަށް އެމަނިކުފާނު ދެއްވާ ސަލާމު ކަން ވެސް ބޮޑު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ލީޑަރު އިބްރާޙިމް މުހައްމަދު ޞާލިހާއި ސިޔާސީ ގޮތުން ހިޔާލުތަފާތުވެ، ދެބޭފުޅުންގެ ސިޔާސި ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީ އޮތީ ދެ ބަޔަކަށް ބެހިފައެވެ.

ރައީސް އަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުންނާއި ނަޝީދަށް ތާއިދުކުރައްވާ މެމްބަރުންގެ ޚިޔާލު ތަފާތުވުން ބޮޑުވެ ޕާޓީގެ މަޝްރަހު މުޅިން ވަނީ ބަދަލުވެފައެވެ.

ނަޝީދުގެ އެންމެ ބޮޑު ނުރުހުމެއް އަމާޒުވެފައިވާ ކަމަކީ މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން ނަފުރަތުގެ ބިލު ފާސް ނުކުރުމެވެ. އަދި ބަރުލަމާނީ ނިޒާމުގެ ވޯޓަކަށް ދިއުމުގައި އޮތް ޚިޔާލު ތަފާތުވުމާ ހެދި ވެސް ނަޝީދުގެ ނުރުހުން އެބަ އޮތެވެ.

“ލާދީނީ ގޮވުން” އެއީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ހުށަހެޅުއްވީ ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށެވެ.

މަސްދަރު: ދުވަސް އެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ތަރައްޤީ ހަލުވިވެ ލިބޭ ފައިދާ ބޮޑުވާނެ: އިކްރާމް

ދިވެހި ބަހަށް ކުރާ އިޚްތިރާމަށް ނިކަމެތިކަން ނާންނަ ގޮތައް ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ...

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ޖޫންގައި ބޮޑު ކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑު ކުރައްވާނެ ކަމަށް ...

މަސައްކަތް ކުރާނީ ލޮކްޑައުންއަށް ނުގޮސް ބަލި ކޮންޓްރޯލް ކުރަން: ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އިތުރު ލޮކްޑައުނަކަށް ނުގޮސް ކޮވިޑް-19 ކޮންޓްރޯލް ކުރެވޭތޯކަމަށް  ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ...