އައްޑޫ އިން ހައްޔަރުކުރި މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފި

advertisement

ހަރުކަށި ފިކުރުގެ މީހުންކަމަށް ތުހްމަތުކޮށް އައްޑޫއިން ހައްޔަރުކުރި 5 މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފި އެވެ.

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދެވި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން 5 މީހުން ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކުރީ އެ އަމުރު ބާތިލްކޮށްދޭން އެދި ހައިކޯޓަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ހުށައެެޅި މައްސަލައިގައި މިއަދު ނެރުނު ހުކުމުގައި އެވެ. ހައިކޯޓުން ނެރުނު އަމުރުގައި އެ ފަސް މީހުން އަލުން ހައްޔަރުކޮށް މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

މިދިޔަ މަހުގެ 15 ދުވަހު ފުލުހުންނާއި ސިފައިން ގުޅިގެން އައްޑު ސިޓީގައި ހިންގި އޮޕަރޭޝަނުގައި 8 މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް އޭގެ ތެރެއިން ފަސް މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ވަނީ އަމުރެއްނެރެފައެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން މާލެ އޭރިއާގެ އިތުރުން ރާއްޖޭގެ އެކި ރާއްޖޭގެ އެކި ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަަރުގަދަކޮށްފަ އެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސ. ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

އައްޑޫ ސިޓީ ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރަތް ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. ޖުލައި 11 ވަނަ ދުވަހު  މިނިސްޓްރީ ...

ފެނަކައާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ފެނަކައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޑުއްވަރީ ...

މުއިއްޒުގެ ފުރަތަމަ ޑިޕްލޮމެޓިކް ބައްދަލުވުން އިނގިރޭސި ސަފީރާ އެކު

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ސަފީރަކަށް ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ...