މިރޭ ބްރެޒިލްގައި ފަށާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން ބެލޭނެ

advertisement

މިރޭ ދަންވަރު 2:00 ގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން ބެލޭނެކަމަށް ދިރާގުން ހާމަކޮށްފިއެވެ.

ދިރާގުން ބުނީ، މިރޭ ދަންވަރު ބްރެޒިލްގައި ފެށުމަށް ހަމަޖެހިފައިވާ  ކޮޕާ އެމެރިކާގެ ހުރިހާ މެޗެއް ވެސް ދިރާގު ޓީވީގެ ސޮނީ ޓެން 2 އެޗް ޑީ އަދި ދިރާގު ޕްލޭ މޮބައިލް އެޕްލިކޭޝަނުން ބަލާލެވޭނެކަމަށެވެ.

މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމޭނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް “ހައި ޑެފިނީޝަން (އެޗްޑީ)” ކޮލިޓީގައި އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއް ފަހަރާ، އެއް ޔޫސާ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން މެޗްތައް ބަލާލެވޭނެ ކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ.

 އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕްކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެވެސް މެޗްތައް ފަސޭހަކަމާއެކު ބަލާލެވޭނެކަމަށްވެސް ދިރާގުންވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީއެސްޓީ ނުލާ މަހަކު އެންމެ 65 ރުފިޔާއަށް މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާނެ ކަމަށް ވެސް ދިރާގުންވަނީ ހާމަކޮށްފައެވެ.

ކޮވިޑްގެ މިހާލަތުގައި ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުންމި ދިރާގުން ވަނީ ގިނަ އޮފާ ތަކެއް ވެސް ތައާރަފު ކޮށްފައެވެ. އެގޮތުން، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން “އަމިއްލަ ޓީވީ” އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެން ވެސް ދިރާގު ޓީވީ ބަލާލެވޭނެއެވެ. އަދި ހަމައެއާއެކު، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން ތަކުން އިތުރު 50 ޕަސެންޓް ޑޭޓާ މި ހިނގާ ޖޫން ގެ ނިޔަލަށް ލިބިގެންދާނެކަމަށްވެސް ދިރާގުންވަނީ ހާމަކޮށްފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއީސީ ބަދަހިކަޕް- ޓީމް ހުދުހުދު ބަލިކޮށް ހުޅުމީދޫ ޕޮލިސް ފައިނަލަށް

މީދޫގައި މިހާރު ހިގަމުންދާ އެމްއީސީ ބަދަހިކަޕް ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި  ޓީމް ހުދުހުދު ބަލިކޮށް ...

ކޮވިޑް 19- ރާއްޖޭގެ ހާލަތު : އިތުރު ދިވެއްސަކު ރޭ ދަންވަރު ނިޔާވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ދެމުން ގެންދިޔަ އިތުރު ދިވެއްސަކު  ރޭ ދަންވަރު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ...

އައްޑޫ ސިޓީގައި ޑެންގީ ހުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިއުތިމާސްކޮށްފި

ޑެންގީ ހުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ މި ...