އަޝްފާގު ކޮވިޑުން ފަސޭހަވުމުން ޖެނިފާ އެކަމާ ސުވާލު އުފައްދަވައިފި

ދުބާއީ ސްޓްރެއިންގައި ވަނީ އެންމެ ފަސް ދުވަސްތަ -ޖެނިފާ

ގައުމީ ފުޓްބޯޅަ ޓީމްގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ، އަލީ އަޝްފާގު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނުތާ ފަސް ދުވަސް ފަހުން، އޭނާ ބަލިން ފަސޭހަވުމުން، އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ އެކަމާ ސުވާލު އުފައްދަވައިފިއެެވެ. 

އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް-19ގެ ދުބާއީ ސްޓްރެއިންގައި ވަނީ އެންމެ ފަސް ދުވަސްތޯ ސުވާލު ކުރައްވައިފައެވެ.

ދުބާއީ ސްޓްރެއިންގައި ވަނީ އެންމެ ފަސް ދުވަސްތަ؟

ޖެނިފާ އިނގެރޭސި ބަހުން ކުރެއްވި ޓްވީޓެއްގައި ވެއެވެ.

އަޝްފާގު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އޭރު އަޝްފާގުވަނީ ގައުމީ ޓީމާއެކު ހޮޓެލް ޖެންގައި ފަރިތަ ކުރުންތައް ކުރިޔަށް ގެންދިއުމަށްފަހު ދުބާއީ އަށް ގައުމީ ޓީމު ވަނީ ގޮސްފައެވެ. އަދި ދުބާއީގައި ވެސް ގައުމީޓީމުގެ ކުޅުންތެރީންނާއެކު އަޝްފާގު ފަރިތަކުރުންތައް ކުރިޔަށް ގެންދިޔައެވެ.

ދުބާއީގައި އަޝްފާގު ކޮވިޓަށް ޓެސްޓްހެދީ ޗައިނާއަށް ދިއުމަށް ގައުމީޓީމްގެ ކުޅުންތެރީން ކޮވިޑަށް ޓެސްޓް ކުރުމުގެ ތެރޭގައެވެ. 

އަޝްފާގު ކޮވިޑުން ރަގަޅުވުމާއިގުޅިގެން ގައުމީޓީމް މި މަހުގެ 11 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް އަދި 15 ވަނަ ދުވަހު ފިލިޕިންސާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި އަޝްފާގުއަށް ކުޅެވޭނެ ކަމުގެ އުންމީދު ވަނީ އާވެފައެވެ.

އަދި މީގެ އިތުރަށް އަޝްފާގު ކުރި ޓްވީޓެއްގައި ބުނީ ކޮވިޑަށް އޭނާ ކުރި ޓެސްޓުތަކުން ނެގެޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން ގައުމީ ޓީމާ އަލުން މިއަދު ގުޅޭނެ ކަމަށެވެ.

އަޝްފާގަކީ ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ މެދުގައި މަގްބޫލްކަން ހޯދާފައިވާ ކުޅުންތެރިއެކެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕް އޭގެ މެޗުތައް ޗައިނާގައި ކުރިން ކުޅޭ ގޮތަށް ތާވަލުކުރި ނަމަވެސް، އެގައުމަށް ރާއްޖެއާއެކު ރާއްޖެ ހިމެނޭ ގްރޫޕްގައި ހިމެނޭ އެހެން ޓީމުތައް ދަތުތުރު ކުރުމަށް ދަތިތައް ހުރުމުން އޭއެފްސީން ވަނީ މެޗުތައް ނިއުޓްރަލް ދަނޑެއްގައި ކުޅުމުގެ ގޮތުން ދުބާއީއަށް ބަދަލުކޮށްފައެވެ. 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގެ ސްކޫލްތައް ބަންދުކޮށްފި

އައްޑޫ ސިޓީގެ ސްކޫލްތައް ދެހަފްތާގެ މުއްދަތައް ބަންދުކުރަން ނިންމައިފިއެވެ. ކޮވިޑް 19 އާއި ގުޅިގެން އައްޑޫ އިމަޖެންސީ އޮޕްރޭޝަން ...

ކޯޓުއާ ރެއާލްއަށް ބަދަލުވެއްޖެ

ޗެލްސީގެ ގޯލްކީޕަރ ކޯޓުއާ ރެއާލް މެޑްރިޑަށް ވިއްކާލުމަށް އެއްބަސްވެފައިވާކަން ޗެލްސީންކަށަވަރު ކޮށްދީފިއެވެ. މިއާއެކު ރެއާލް މެޑްރިޑުން ވެސް ވަނީ ...

ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި މައުމޫންގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީުގެ މެމްބަރުންނަށް ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން މަސައްކަތްކުރާކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދޫލް ޤައްޔޫމްގެ އަރިސް ...