އައްޑޫ ސިޓީން އިތުރު 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއާއެކު އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 305 އަށް އަރާފައެވެ.
އައްޑޫން މިއަދު ޕޮޒިޓިވްވި 3 މީހުންގެ ތެރެއިން 2 މީހުންނަކީ ހުޅުދުއަށް ނިސްބަތްވާ މީހުންނެވެ. އަނެއް މީހާއަކީ ހިތަދޫ މީހެކެވެ. މިއަދު ހުޅުދޫން ޕޮޒިޓިވްވި ދެމީހުންނަކީވެސް ހޯމްކަރަންޓީނުގައި ތިބި ދެމީހުންނެވެ. .
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ހާމަކޮށްފައިވާގޮތުގައި ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގިފައިވަނީ 124 ސާމްޕަލެވެ.
މިހާތަނަށް އައްޑޫސިޓީން 305 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ވަނީ 121 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ
އައްޑޫން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 37 މީހުންނެވެ. މި 37 މީހުންނާއިއެކު އައްޑޫއިން ކޮވިޑް ޖެހުނު 182 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ.
އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 4854 ސާމްޕަލް ވަނީ ނަގާފައެވެ.
އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން މިއަދާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 2 މީހުން، މަރަދޫފޭދޫއިން ދެމީހުން ، މަރަދޫއިން 7 މީހުން، ހިތަދޫއިން 81 މީހުން، ރިސޯޓުން 1 މީހުން، މީދޫއިން 1 މީހުން، ހުޅުދޫއިން 26 މީހުން، އަދި ގަމުން އެކަކު އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.
އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ 3 މީހުންނަށެވެ.
ކޮމެންޓްސް (0)