އައްޑޫސިޓީ ކައުންސިލްގެ އިދާރާ ހިތަދޫގައި ހުރުމުން އެންމެބޮޑު ތަކުލީފެއް އުފުލަންޖެހެނީ ހުޅުމީދޫ ރަށްޔިތުން – ޝުކުރީ

 އައްޑޫސިޓީކައުންސިލްގެ އިދާރާ ފޭދުއަށް ބަދަލުނުކުރާކަމަށްވާނަމަ ކޮންމެރަށެއްގައި ރަށު ކައުންސިލެއް އުފެއްދުމަށާ ހިތަދޫގައި ސިޓީ ކައުންސިލް އުފެއްދުމަށް އައްޑޫސިޓީ ހުޅުދޫދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުކުރީ ވިދާޅުވެއްޖެވެ.

ޝުކުރީ މިހެން ވިދާޅުވެފައިވަނީ އެބޭފުޅާގެ ފޭސްބުކް ޕޭޖްގައި ލިއުއްވާފައިވާ ލިއުއްވުމެއްގައެވެ.

” އައްޑޫސިޓީ ކައުންސިލް އިދާރާ ހުންނަންޖެހޭނީ އައްޑޫގެ ހުރިހާ ރަށެއްގެ ރަށްޔިތުންނަށް އެންމެ ފަސޭހަވާނެ ރަށެއްގައި – ހިތަދޫގައި ކައުންސިލްގެ އިދާރާ ހުރުމުން އެންމެ ބޮޑުތަކުލީފެއް އުފުލަންޖެހޭ ރަށްޔިތުންނަކީ ހުޅުދޫމީދޫގެ ރަށްޔިތުން ،” ޝުކުރީ ވިދާޅުވިއެވެ.

ޝުކުރީގެ ދައުރު މިވާހަކަ ނުދައްކައި ދައުރު ނިމުން މިވާހަކަ ދައްކަނީ ކީއްވެގެންތޯ ޝުކުރީއާއި ސުވާލުކުރުމުން ޝުކުރީ ވިދާޅުވީ އެބޭފުޅާގެ ދައުރުގައި ހުޅުމީދޫ ރަށްޔިތުންގެ ހައްގުގައި ނުދައްކާ ވާހަކައެއް ނޯނާނެކަމަށެވެ.

ޝުކުރީގެ ކައުންސިލަރުކަމުގެ ދައުރުގައި ފާހަގަ ވެފައިވަނީ އައްޑޫސިޓީ ކައުންސިލްގެ މެޖޯރިޓީ އޮންނަ ގުޅިފައިވާ ރަށްތަކުގެ މެމްބަރުން ސިޓީ ކައުންސިލްގެ ތެރެއިން  ހުޅުދޫއާއި މީދޫއަށް ކަންތައްތައް ކޮށްދިނުމުގައި  ތަފާތުކުރުންތަކެއް ގެންގުޅޭކަމަށް ވިދާޅުވެ ކައުންސިލްގެތެރޭގައި  ހުޅުދޫއާއި މީދުއަށް ކަންތައްތަކެއް ކޮށްދެވޭތޯ ވަރަށްބޮޑަށް ވަކާލާތު ކުރެއްވިބޭފުޅެއްގެ ގޮތުގައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް- 19 – ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. އެޗްޕިއޭއިން ހާމަކޮށްފައިވާގޮތުން ، މިއަދު ނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ ...

ކޯވިޑް-19 : ރާއްޖެއިން އިތުރު 9 މީހަކު ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 9 މީހުން ބަލިން ރަނގަޅުވެ ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ...

ޔޫތު މިނިސްޓަރ މަހްލޫފް މަސައްކަތުން އެކަހެރިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމައިފި

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ...