ވަރުގަދަ ފޭދޫޓީމް ބަލިކުރުމަށްފަހު މީދޫޓީމް ފައިނަލަށް

” އައިވީ މިކްސްޑް ވޮލީ މުބާރާތުގެ  ” ގެ ސެމީފައިނަލްގެ ފުރަތަމަމެޗްގައި ވަރުގަދަ ފޭދޫޓީމް ބަލިކުރުމަށްފަހު މީދޫ ވޮލީޓީމް ފައިނަލަށް ދަތުރުކޮށްފިއެވެ.

ހުކުރުދުވަހު ހަވީރު މަރަދޫފޭދޫ ވޮލީކޯޓްގައި ކުޅެވުނު މިމެޗް މީދޫ ޓީމް ކާމިޔާބުކޮށްފައިވަނީ 3 ސެޓް 2 ސެޓުންނެވެ.

ރާއްޖޭގެ ގައުމީޓީމްގައިހިމެނޭ ފޭދޫގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ސިންޑީއާއި އިންޑިޔާގެ ކުޅުންތެރިއަކު ހިމަނައިގެން ކުޅުނު ވަރުގަދަ ފޭދޫޓީމާ ވާދަކޮށް މީދޫޓީމް ކުޅުނު ސެމީފައިނަލްމެޗްގެ ފުރަތަމަސެޓް ފަސޭހަކަމާއެކު 25 -18 އިން ހޯދީ މީދޫޓީމެވެ

ފަސޭހަކަމާއެކު މީދޫޓީމުން ފުރަތަމަ ސެޓް ގެންދިޔަނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓް ހޯދާފައިވަނީ ފޭދޫޓީމުންނެވެ. ދެވަނަ ސެޓް ފޭދޫޓީމް ގެންގޮސްފައިވަނީ 25-20 އިންނެވެ. އަދި ތިންވަނަ ސެޓްވެސް ފޭދޫޓީމް ހޯދީ 25-20 އިންނެވެ.

ދެޓް އެއްސެޓްގެ ލީޑެއް ފޭދޫޓީމުން ހޯދިކަމުގައިވިޔަސް މީދޫޓީމްގެ ކުޅުންތެރީންވަނީ އެޓީމުގެ ކުޅުން ވަރަށްބޮޑުތަން ރަގަޅުކޮށް 25-20 އިން 4 ވަނަ ސެޓް ހޯދާ ފައެވެ.

މިމެސެޓްގައި މީދޫޓީމްގެ ރާއީއަށް ރެފްރީވަނީ ރީދޫ ކާޑަކާ ރަތްކާޑެއްވެސް ދައްކާފައެވެ. އެއީ ރެފްރީގެ ނިންމުމަކަށް ރާއީ ވަރަށްބޮޑަށް ނުރުހުން ފާޅުކުރުމުގެ ސަބަބުންނެވެ.

ރާއީ ރެފްރީގެ ނިންމުމަށް ނުރުހުން ފާޅުކޮށްފައިވަނީ ރާއީ ފޮނުވާލި ބޯޅައެއް ފޭދޫޓީމްގެ ސިންޑީ އަތުގައި ޖެހިފައި ބޭރަށް ދިއުމުންވެސް އެބޯޅަ ފޭދޫޓީމަށް ފަސްޓް ރެފްރީ ދިނުމުންނެވެ. އެކަމަކު ފަސްޓް ރެފްރީ ފޭދޫޓީމަށް އެބޯޅަ ދިންކަމުގައިވިޔަސް އެބޯޅަ ބޭރަށްދިޔަ ފަރާތުގައި ލައިން ބަލަހައްޓަމުންދިޔަ ދެރެފްރީންވެސް ދައްކާފައިވަނީ އެއީ ޓަޗް އައުޓެއްގެ ގޮތުގައެވެ.  މިކަމާ ގުޅިގެން ރާއީ ވަރަށްބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރުމުން ދިއުމުގެ ސަބަބުން އެވަގުތު މީދޫޓީމްގެ ކޯޗްވަނީ ރާއީ ބަދަލުކޮށްފައެވެ.

ފޭދޫޓީމްގެ ގިނައަދަދެއްގެ ބަޔަކު ކުޅިބަލަން ހާޒިރުވެ ފޭދޫޓީމަށް މެދު ކެނޑުމެއްނެތި ސަޕޯޓުކުރަމުންދިޔަނަމަވެސް  ފަސްވަނަ ސެޓްގައިވެސް މީދޫޓީމްގެ ރާއީ އާއި އައްޑޯ އަދި ޝާޠިރުއާއި އެހެންކުޅުންތެރީންވެސް ރަގަޅު ކުޚުމެއް ކުޅެ 15-11 އިން 5 ވަނަސެޓް ކާމިޔާބުކޮށް މެޗުންމޮޅުވެ މިމުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މީދޫޓީމުންވަނީ ކަށަވަރުކޮށްފައެވެ.

މިމެޗްގެ މޭން އޮފްދަމެޗަކަށް ފަނޑިޔާރުން މީދޫޓީމްގެ ޝާޠިރު ހޮވާފައިވާއިރު މިމެޗްގެ ކްއިން އޮފްދަމެޗަކަށް ފަޑިޔާރުން ހޮވާފައިވަނީ ފޭދޫޓީމްގެ އަލްމާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް އައްޑޫސިޓީ ހިތަދޫގައި ބާއްވަނީ

ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް ކަމަށްވާ ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ ...

އަދުގެ ޒުވާން ޖީލު ކުށުގެ ވެއްޓަށް ހުށަހެޅޭ ސަބަބުތަކާމެދު ވިސްނާލަމާތޯ

މީގެ އަހަރުތަކެއް ކުރީން ، އަޅުގަނޑުމެންގެ ވެށިން ފެނިގެން ގޮސްފައިވަނީ އަމާންކަމާއި، ދޭދޭ ފަރުދުންނަށް އިޙްތިރާމްކުރާ އެއްބައިވަންތަ ކުށް ...

މީދޫ ބަނދަރަށް ކާރެއް ވެއްޓިއްޖެ

ސ.މީދޫއިން ފޭދުއަށް ގެންދިއުމަށްޓަކައި  ކާރެއް ދޯންޏަކަށް އަރުވަން އުޅުމުގެތެރޭގައި ކޮންޓްރޯލް ނުވެގެން ގޮސް ކާރެއް މޫދަށް ވެއްޓިއްޖެއެވެ. މައުލޫމާތު ...