އައިވީ މިކްސް ވޮލީ މުބާރާތް – ފުރަތަމަމެޗް މީދޫޓީމު ކާމިޔާބުކޮށްފި

މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫގައި ބާއްވާ ” އައިވީ މިކްސްޑް ވޮލީކަޕް 2020 ” އިއްޔެ ހަވީރު ފަށައިފިއެވެ.

މިމުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު ފުރަތަމަމެޗް ކާމިޔާބުކޮށްފައިވަނީ  އެމްއީސީ މީދޫ ވޮލީޓީމެވެ. މިމެޗް މީދޫ ވޮލީޓީމް ކާމިޔާބުކޮށްފައިވަނީ މުބާރާތް ބާއްވާ ރަށް މަރަދޫފޭދޫ ތަމްސީލްކުރާ މަރަދޫފޭދޫ ވޮލީޓީމާއި ބައްދަލުކޮށް 3 ސެޓް 2 ސެޓުންވެ.

މަރަދޫ ފޭދޫ ވޮލީޓީމްގެ ހެޑްކޯޗަކަށް ހުންނެވި ސާދިރުގެ ކޮއްކޮ ސަލްމީ ފަސްޓް ރެފްރީއަކަށް ހުންނަވައިގެން ކުރިއަށް ގެންދެވުނު މިމެޗްގެ ފުރަތަމަ ދެސެޓް މާބޮޑު އުދަގޫކަމެއްނެތި މީދޫޓީމްވަނީ ކާމިޔާބުކޮށްފައެވެ. މިގޮތުން ފުރަތަމަސެޓް މީދޫ ގެންގޮސްފައިވަނީ 25-21 އިންވެ. އަދި ދެވަނަ ސެޓް މީދޫޓީމް ހޯދާފައިވަނީ  25-18 އިންނެވެ.

މިމެޗްގެ ފުރަތަމަ ދެސެޓް މާބޮޑު އުދަގޫކަމެއް ނެތި މީދޫ ޓީމް ހޯދިކަމުގައިވިޔަސް 3 ވަނަ ސެޓް ވަރަށް ވާދަވެރި ކުޅުމަކަށްފަހު 32-30 އިން ގެންގޮސްފައިވަނީ މަރަދޫފޭދޫޓީމެވެ.

މީދޫ ޓީމްގެ ކުޅުންތެރީން

މިމެޗްގެ 4 ވަނަ ސެޓްގެ ކުޅުން ފެށިގެން ފަސްޓް ރެފްރީ ނިންމުންތަކާ ދެކޮޅަށް ކުޅެން ޖެހުމުން މީދޫޓީމްގެ ކުޅުންތެރީންނަށް އެކަށީގެންވާ ކުޅުމެއް މިސެޓްގައި ކުޅެވޭގޮތެއް ނުވިއެވެ. އެހެންކަމުން  4 ވަނަ ސެޓްގައި މީދޫޓީމަށް 17 ޕޮއިންޓް ދިނުމަށްފަހު މަރަދޫފޭދޫޓީމް ސެންޓް ގެންގޮސްފައިވަނީ 25-17 އިންނެވެ.

މިސެޓްގައި ފަސްޓް ރެފްރީގެ ބައެއް ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކުރުމުން މީދޫޓީމްގެ ޝާޠިރުއަށް ރެފްރީ ރީދޫ ކާޑުދެއްކިއެވެ. އަދި މިސެޓްގައި މީދޫޓީމްގެ އައްޑޯ ފޮނުވާލި ބޯޅައެއް ނެޓްގައި ޖެހި ބައިކޮޅަށް ވެއްޓުމުން އައްޑޯ އެބޯޅަ އަތަށް ނެގުމަށްފަހު ބިންމަތީގައި ޖެހުމުން ރެފްރީވަނީ އައްޑޯއަށް ރަތްކާޑުދައްކާ މަރަދޫފޭދޫޓީމަށް އިތުރު ޕޮއިންޓެއް ދީފައެވެ. މިރަތްކާޑު އައްޑޯއަށް ދެއްކުމުން މިމެޗްގައި އައްޑޯ ކުޅެމުންއައި ކުޅުން ނުކުޅެވި ގިނަ ބޯޅަތަކެއް އޭނާއަތުން ގެއްލިގެންދިޔަތަން ފެނިގެންގޮސްފައިވެއެވެ.

މަރަދޫފޭދޫޓީމްގެ ކޯޗް ސާދިރުއާއި ސާދިރުގެ ކޮއްކޮ އަދި މެޗްގެ ރެފްރީ ސަލްމީއާއި ބައެއް ލައިންސްމަނުން

މީދޫޓީމްގެ ކުޅުންތެރީންނާއި ދޭތެރޭ ރެފްރީ ކުރީން ދެންނެވި ގޮތައް އަމަލުކުރިކަމުގައިވިޔަސް ރެފްރީގެ ބޭބެ ސާދިރު ކޯޗްކޮށްދެމުންދިޔަ މަރަދޫފޭދޫޓީމްގެ  ހަސަން ސޮލާހު މެޗްގެ ތެރޭގައި ފޮނުވާލި ދެ ބޯޅައެއް ނެޓްގައި ޖެހި ބައިކޮޅަށް ވެއްޓުމުން ބޯޅަ ވެއްޓޭ ކޮންމެ ފަހަރަކު އޭނަގެ ދެއަތުން ނެޓްގައި ހިފާ ނެޓް ދަމާ ހެދުމުންވެސް ފަސްޓް ރެފްރީއަކަށް އެމަންޒަރު ފެނިވަޑައިނުގެންނެވިއެވެ.

މޮޅުވާޓީމެއް ކަނޑައެޅުމަށް ކުޅެވުނު މިމެޗްގެ ފަސްވަނަ ސެޓް ފަށައިގެން ހަތަކާ ޖެހެން 2 ޕޮއިންޓްގެ ލީޑެއް މަރަދޫފޭދޫޓީމުން ހޯދަމުންދިޔަ ނަމަވެސް މީދޫޓީމުގެ ކުޅުންތެރީންވަނީ ހިތްވަރު އެލުވާނުލާ ކުޅެ ހަތެއް ހަތަކުން ސްކޯ އެއްވަރުކުރުކޮށް މިސެޓްގެ  ލީޑުވެސް ހޯދިއެވެ. އަދި  މިސެޓް  15-13 އިން ހޯދާ މީދޫޓީމުވަނީ މިމެޗުން މޮޅުވެފައެވެ.

މިމެޗްގެ މޭންއޮފްދަމެޗަކަށް މީދޫޓީމްގެ ރާއީ ހޮވިފައިވާއިރު މިމެޗްގެ ކްއިން އޮފްދަމެޗަކަށް ހޮވިފައިވަނީ މަރަދޫފޭދޫޓީމްގެ ހައްވާ އާސިމާއެވެ.

ކްއިންއޮފްދަމެޗަކަށް ހޮވުނު ހައްވާ އާސިމާއަށާމޭން އޮފްދަމެޗަކަށް ހޮވުނު ރާއީ އާއި އިނާމް ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރިމެހްމާނާ ގަންޕޮލިސް ސްޓޭޝަނުގެ އިންޗާޖް ސަބް އިނިސްޕެޓަރ އޮފް ޕޮލިސް ފާތުމަތު ރިޝްވީނާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލަކު ޓިވެޓް ސެންޓަރ: އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ދާއިރާއަށް ޚާއްސަ

ފުވައްމުލަކުގައި ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތަށް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ. މި ...

ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ތަރައްޤީ ހަލުވިވެ ލިބޭ ފައިދާ ބޮޑުވާނެ: އިކްރާމް

ދިވެހި ބަހަށް ކުރާ އިޚްތިރާމަށް ނިކަމެތިކަން ނާންނަ ގޮތައް ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ...

ގިނަ މަޝްރޫއުތަކެއްގެ ފެށުން މިއަދު ބާއްވަނީ

ސަރުކާރުން ހުޅުމީދޫގައި ފެށުމަށް ހަމަޖެހިފައިވާ ގިނަ މަޝްރޫއުތަކެއްގެ ފެށުން މިއަދު ބާއްވާގޮތައް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެވެ  ސަރުކާރުކާރުން އެމްޓީސީސީއާއި ...