މަސްތުވާތަކެތީގެ މައްސަލައެއްގައި މީދުން ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. މިދެޒުވާނުން ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމީދޫގައި ޕޮލިހުން ހިންގި ޚާއްސަ އޮޕްރެޝަނެއްގައި މީދޫ އާބާދުމަގުން ލީފް ސައިޑް ކައިރިންނެވެ.
މިދެ ޒުވާނުންގެ ތެރެއިން އެއް ޒުވާނަކު މީގެ ކުރީންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އަނެއް ޒުވާނާ މީގެ ކުރީން މިބާވަތުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތެއް ލިބިފައެއްނެތެވެ.
މިމައްސަލަވެސް ހުޅުމީދޫ ޕޮލިސްސްޓޭޝަނުން މިހާރުދަނީ އިތުރަށް ބަލާ ތަހުގީގުކުރަމުންނެވެ.
ކޮމެންޓްސް (0)