ކޯވިޑް-19 : ގޭގައި ކަރަންޓީންވުމަށް ތައްޔާރުވޭ

ރާއްޖެއިން ކޯވިޑް-19 ފެނި ބަލި ފެތުރެމުންދާ ގޮތާއި، ބަލިޖެހޭ މީހުންނާއި، އެމީހުންނާއި ސީދާ ދިމާވާ މީހުންގެ އަދަދަށް ބަލާއިރު ގޭގައި ކަރަންޓީންވުމަށް ތައްޔާރުވުމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން އެދިވަޑައިގެންފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މުޖުތަމައުގައި ބަލިފެތުރޭ ހާލަތަކަށް ގޮސްފިނަމަ ކޭސްތައް ފަންނާނެ މިންވަރާއިމެދު ކުރިންވެސް ދިރާސާތަކެއް ހެދިފައިވާކަމަށެވެ. މިހާރު މާލެއިން ބަލި ފެންނަ ނިސްބަތަށް ބަލާއިރު ބަލި ފެންނަމުންދަނީ ކުރިންވެސް ލަފާކުރި މިންވަރަށް އެ ބާރުމިނުގައި ކަމަށެވެ. އަދި މިހާރުވެސް މާލޭގައި ބަލި ވަރަށްބޮޑަށް ފެތުރިފައިވާ ކަމަށާ، އެކަން ކޮންޓްރޯލް ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިހާލަތާއި ގުޅިގެން ފަންނީ ބޭފުޅުންނާއި، ޑޮކްޓަރުންނާއި، ދާއިރާގެ ސްޕެޝަލިސްޓުންގެ މެދުގައި ކޮންމެ ދުވަހަކު ވާހަކަދެކެވި އާގޮތަކަށް މަސައްކަތް ކުރުމަށް ތައްޔާރުވަމަށް މަޝްވަރާ ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާރު މުޖުތަމައުގައި ބަލި ފެންނަ ނިސްބަތައް ބަލައި ގޭގައި އެމީހަކު ތިބިތަނަކު ކަރަންޓީންވުމަށް ތައްޔަރަށް ތިއްބެވުމަކީ ވަރަށް މުހިންމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު މަޝްވަރާ ކޮށްފައިވަނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް ވަކި ރަށެއްގައި އެމީހުން ބޭތިއްބުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމަށްޓަކައި މިހާރުވެސް ޑޮކްޓަރުންނާއި، ކަމާއިބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހާލަތުގައި އެންމެބޮޑު އިސްކަމެއްދެނީ ހައިރިސްކު މީހުންނަށާއި، ބަލީގައި ފަރުވާ ހޯދަމުންދާ މީހުންނަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ބަލި ޖެހުނު މީހުންނާއި ސީދާ ދިމާވި މީހުން ދެނެގަނެ އެމީހުންގެ ސާމްޕަލްތައް ނަގައި އަވަހަށް ޓެސްޓްކުރުމަކީވެސް އިސްކަންދޭކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރި ބަލި އުޅޭ މިންވަރަށްބަލާއިރު އަދިވެސް އިތުރު ކޭސްތަކެއް ފެނުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އަދި އެޗްޕީއޭއާއި ކަމާއި ގުޅުންހުރި އިދާރާތަކުންވެސް މަސައްކަތް ކުރަމުންދަނީ އަދިވެސް އިތުރު މީހުން ޕޮޒިޓިވްވާނެކަމަށްބަލައިގެން އެމީހުންނަށް ފަރުވާދިނުމުގެ ވިސްނުމުގައިކަމަށާ، މިކަމުގައި ރައްޔިތުން އަމިއްލަ ޞިއްޚީ ރައްކާތެރިކަމަށް ސަމާލުކަން ދެއްވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ބުރާސްފަތިދުވަހުގެ އިރުއޮއްސި ...

މަޖިލިހަށް މީދުން ހޮވަންޖެހޭނީ މީދޫ މީހުންނަށް ފަޚުރުވެރިވޭވަރުގެ މީހެއް- އިޔާޒު

އައްޑޫ މީދޫއަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އިލްމީ މައިދާނުގައި  ފާހަގަ ކުރެވޭ ރަށެއްކަމަށާ އަދި ޒަމާނުއްސުރެ  ފަންނުވެރިކަން އޮތްރަށެއްކަމުން   މަޖިލިހުގައި  ...

އޭސީސީގައި މައްސަލަ އޮތުމުން މަހްލޫފާއި އަކްރަމް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ޝަރުތު ހަމަނުވި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ...