20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި ވަރުގަދަ ފޭދޫޓީމާއި މީދޫޓީމް ބައްދަލުކޮށް އިއްޔެ ކުޅުނު ފޯރިގަދަމެޗް މީދޫޓީމް ކާމިޔާބުކޮށްފިއެވެ. މިމެޗު މީދޫޓީމް ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުގެ ނަތީޖާއަކުންނެވެ
މިމެޗުން މީދޫޓީމް 1-0 ގެ ނަތީޖާއަކުން މޮޅުވިކަމުގައިވިޔަސް ފޭދޫޓީމްގެ ކުޅުންތެރީންވެސް ރަގަޅު ކުޅުމެއް ކުޅެގިނަ ހަމަލާތަކެއް މީދޫޓީމްގެ ގޯލަށް ފޮނުވުމަށް މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް ފޭދޫޓީމްގެ ކުޅުންތެރީން ހުއްޓުވުމަށް މީދޫޓީމްގެ ކުޅުންތެރީން ވަރުގަދައަށް ޑިފެންސް ކޮށްފައިވާކަން ފާހަގަކުރެވުނެވެ.
މިގޮތުން މީދޫޓީމްގެ ކުޅުންތެރީން ފޭދޫޓީމްގެ ކުޅުންތެރީން ހުއްޓުވުމަށް ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރެއިން މީދޫޓީމްގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ފޭދޫޓީމްގެ ބަލްސަމްއަށް މީދޫޓީމްގެ ޓެރީއަށް ކުރެވުނު ޓެކުލަކާ ގުޅިގެން ފުރަތަމަ ހާފްގެ 30 ވަނަ މިނިޓްގައި ރެފްރީ މަސީހު ފޭދޫޓީމަށް ޕެނަލްޓީއެއް ދިނެވެ. މި ޕެނަލްޓީގައި ސަޔަމް ފޮނުވާލި ބޯޅަ ގޯލްދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައުމުން މީދޫޓީމްގެ ކުޅުންތެރީންވަނީ ބޯޅަ ދިފާއުކޮށް ދުރަށް ފޮނުވާލިއެވެ.
މިމެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމިގެން ގޮސްފައިވަނީ އެއްވެސްޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ން ދެޓީމް އެއްވަރުވެގެންނެވެ.
މިމެޗްގެ ދެވަނަ ހާފްގެ ކުޅުން މީދޫޓީމުން ފަށާފައިވަނީ ފުރަތަމަ ހާފާއި ޚިލާފަށް އެޓީމްގެ ކުޅުން ވަރަށްބޮޑުތަން ރަގަޅުކޮށްގެންވެ. އަދި ފޭދޫޓީމްގެ ގޯލަށް ގިނަ ހަމަލާތަކެއް އެޓީމުގެ ކުޅުންތެރީން ފޮނުވަމުން ގޮސްފައިވެއެވެ. މިމެޗްގައި ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދުމަށް މީދޫޓީމްގެ ކުޅުންތެރީން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ ދެވަނަހާފްގެ 26 ވަނަ މިނިޓްގައި އެޓީމްގެ ސަހާފަށް ފޭދޫޓީމްގެ ޕެނަލްޓީ އޭރިޔާބޭރުން ލިބުނު ބޯޅައެއް ފޭދޫޓީމްގެ ގޯލްތެރެއަށް ފޮނުވާލައިގެން ސަހާފް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މިލަނޑު މީދޫޓީމުން ކާމިޔާބުކުރުމާއެކު ފޭދޫޓީމުގެ ކުޅުންތެރީން އިތުރަށް ކުރިއަށް ޖެހި މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ވަރަށްބޮޑަށް މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް މެޗްގެ މެޗްގެ ފުރިހަމަ ވަގުތުހަމަވެ އަދި އިތުރުވަގުތުގެ ގޮތުގައި ކުޅުވި ވަގުތުވެސް ހަމަވިއިރު ދެޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި މެޗް ނިމިގެންދިޔައީ 1 ލަނޑު 0 ލަނޑުން މީދޫޓީމް މޮޅުވެގެންނެވެ.
މިމެޗުން މީދޫޓީމް މޮޅުވުމުން ދެމެޗު ކުޅެގެން އެޓީމަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. މިމެޗުން ދެރަވި ފޭދޫޓީމަށް ދެމެޗު ކުޅެގެން ލިބިފައިވަނީ 3 ޕޮއިންޓެވެ.
މިމެޗާއި ބެހޭގޮތުން ފޭދޫޓީމްގެ ކޯޗް ބުނީ މިމެޗަށް ނިކުތްއިރުވެސް މީދޫޓީމް ވަރުގަދަ ވާނެކަން އެގޭކަމަށެވެ.
” މިމެޗަށް ނިކުތްއިރުވެސް މީދޫޓީމް ވަރުގަދަވާނެކަންއެގޭ ،. ފުރަތަމަ ހާފްގައި، ހާއްސަކޮށް ކަނާއަތްފަޅިން ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރެވުނު. އަދި ބަލްސަމްގެ އިންޑިވިޖުއަލް ހުނަރާއެކު ޕެނެލްޓީއެއްލިބުނު ، އެކަމަކު ނަސީބު ދެރަކަމުން ޕެނަލްޓީގައި ސަޔަމް ފޮނުވާލިބޯޅަ ނާކާމިޔާބުވީ . ދެވަނަ ހާފްގައިވެސް ކުޅުންތެރިން ކުރިއަށް ޖެހި މެޗްގައި ލީޑު ހޯދުމަށް ވަރަށް ރަގަޅު ފުރުސަތެއް ލިބުނު ، އެކަމަކު ނަސީބު ދެރަކަމުން އެއިން ފުރުސަތެއްގެ ބޭނުންވެސް ނުކުރެވުނީ . ބަލިވީމަ ބަލި ގަބޫލުކުރަން. އިއްޔެގެ މެޗާއިބެހޭގޮތުން ފޭދޫޓީމްގެ ކޯޗް އަލީ ހަޒީން ކިޔައިދިނެވެ.
މިމެޗަށްފަހު މީދޫޓީމްގެ ކޯޗު އަހުމަދު ބުނީ އިއްޔެގެ މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށެވެ. ” ޓީމު ވަރަށް ރަނގަޅަށް ކުޅެފި. ވަރަށް ރަނގަޅަށް ޑިފެންސް ކޮށްފި. ފޭދޫޓީމް ކަހަލަ ފިޒިކަލްގޮތުން ވަރުގަދަ އަދި މީދޫޓީމަށްވުރެ ތަޖުރިބާގެގޮތުން ރަގަޅު މޮޅު ކުޅުންތެރީންތިބި ޓީމަކާއެކު ކުޅެ ޒުވާންޓީމެއް ގޮވައިގެން މިފަދަ ނަތީޖާއެއް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބެއް . އަދި މެޗް ހިގަމުންދިޔަ ވަގުތު ސަޕޯޓަރުން އަޅުގަޑުމެންގެ ކުޅުންތެރީންނަށް ދެއްމަވުންގެންދެވި ހިތްވަރަކީވެސް މިމެޗުން އަޅުގަޑުމެން މޮޅުވުމަށް ލިބުނު އިތުރު ހިތްވަރެއް ” މީދޫޓީމްގެ ކޯޗް އަހުމަދު ރަޝީދު އިއްޔެގެ މެޗާއިބެހޭގޮތުން ބުނެފައިވެއެވެ.
އިއްޔެ ކުޅެވުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗުން މީދޫޓީމް މޮޅުވި ލަނޑު ކާމިޔާބުކޮށްދިން ސަހާފެވެ.
ކޮމެންޓްސް (0)