ހުޅުދޫ ފްލެޓްތަކުގެ ގުރުއަތުލުން ބާއްވައިފި

ސަރުކާރުގެ “ގެދޮރުވެރި ކުރުވުން” ޕްރޮގްރާމުގެ ދަށުން ހުޅުދޫގައި އިމާރާތްކޮށް ފައިވާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ބާއްވައިފިއެވެ.

މިއަދު ހެނދު  10:00 ގައި ހުޅުމީދޫ ކޮމިއުނިޓީ އީ ސެންޓަރގައި ބޭއްވުނު ގުރުއަތު ލުމުގައި ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެގެން ފްލެޓްލިބޭ މީހުންގެ ގޮތުގައި ކަނޑައަޅާފައިވާ 19 ފަރާތަކުން ގުރުއަތުގައި ބައިވެރިވެފައިވެއެވެ.

މިއަދު ކުރިއަށް ގެންދިޔަ ގުރުއަތު ލުމުގައި  އެހެން ރަށްރަށުގެ މީހުންނަށް ޚާއްސަ ކުރެވިފައިވާ ފްލެޓް ތަކުގެ ތެރެއިން ޝަރުޠު ހަމަވި 2 ފަރާތުންވެސް  ގުރުއަތުގައި ބައިވެރިވެފައިވެއެވެ.

ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހެނީ 19000.00 ( ނަވާރަހާސް) ރުފިޔާއެވެ. ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ   19000.00 ( ނަވާރަހާސްރުފިޔާ )  ގެ ތެރެއިން 9500.00 ރުފިޔާ ފްލެޓްގެ އެގްރިމެންޓްގައި ސޮއިކުރާ ދުވަހު ދައްކަންޖެހޭއިރު އަނެއް 9500.00 ރުފިޔާ 60 ދުވަހުގެ ތެރޭގައި ދައްކަންޖެހޭގޮތައް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރަށް މަހުފީގެ ގޮތުގައި ފްލެޓަކަށް 3000 ( ތިންހާސް ) ރުފިޔާ ދައްކަންޖެހޭއިރު ފްލެޓްލިބުނު ފަރާތްތަކުން މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 550 ރުފިޔާ ދައްކަންޖެހެއެވެ.

ސިޓީ ކައުންސިލުން މަޢޫލޫމާތު ދެއްވި ގޮތުގައި ފްލެޓްތައް ލިބުނުފަރާތަކާއެކު  ފްލެޓްތަކުގެ އެގްރިމެންޓް ސޮއި ކުރުމުގެ ކަންކަން މިމަހުގެ 11 އާއި 18 އާއި ދެމެދު ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައިވެއެވެ. އަދި މިކަމަށް ޓަކައި ހައުސިންގް މިނިސްޓްރީގެ ޓީމެއް އައްޑޫއަށް އަންނަގޮތައް ހަމަޖެހިފައިވާ ކަމަށް ސިޓީކައުންސިލުން މައުލޫމާތު ދެއެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުދޫގައި ޖުމްލަ 48 ފްލެޓް އިމާރާތް ކުރި އިރު، އެ ފްލެޓްތަކަށް ކުރިމަތިލާން އެންމެފުރަތަމަ ހުޅުވައިލީ 2016 ވަނަ އަހަރު އެވެ

އެކަމަކު އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ ފްލެޓް ދޫކުރުމުގެ އުސޫލަށް އެކި ފަހަރު މަތިން ބައެއް ބަދަލުތައް ގެނެސް އެންމެ ފަހުން ފްލެޓްތަކަށް ކުތިމަތިލާން ހުޅުވައިލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މިއަދު ކުރިއަށް ގެންދިޔަ ފްލެޓްތަކުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގައި  ހުޅުދޫ އަވަށުގެ ކައުންސިލަރު އިބްރާހިމް ޝުކުރީއާއި ގުރުއަތު ލުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އައްޑޫސިޓީ ކައުންސިލް އިދާރާއިން ވަޑައިގެންނެވި 3 ބޭފުޅަކު ބައިވެރިވެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް 2020: ޒެފިޔާ ބަލިކޮށް ކްއާޓާފައިނަލްގެ ފުރުސަތު ހަބޭސްއިން ހޯދައިފި

“ގައުމު ސްޓްރީޓް ކަޕް ” ގައި މިއަދު ހަވީރު  ކުޅުނު ގްރޫޕް ޑީގެ މެޗް  ފޭދޫ ހަބޭސް ކާމިޔާބުކޮށް ...

ގޮނޑުދޮށްތަކުން ވެލި ނަގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނަން – އީޕީއޭ

ޤަވާއިދާ ޚިލާފަށް ގޮނޑުދޮށްތަކުން ވެލިނަގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ...

މިއަދު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވީ ދެމީހުން

އިތުރު ދެމީހަކު ހުޅުދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންނަކީ ކުރީން ...