މީދޫ – ހިތަދޫ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު ކުޅެނީ

މީދޫ 20 އަހަރުން ދަށުގެ  ޓީމަކާއި  ހިތަދޫ  20 އަހަރުން ދަށުގެ ޓީމަކާއި  ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު މީދޫގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ މިމަހުގެ 15 ވަނަ ދުވަހު ފެށުމަށްހަމަޖެހިފައިވާ ” އައްޑޫ ޔޫތު ޗެލެންޖް ކަޕް ” ގައި ބައިވެރިވެފައިވާ މީދޫ ޓީމާއި މިމުބާރާތުގައި ހިތަދޫން ވާދަކުރާ ދެޓީމުގެ ތެރެއިން 1 ޓީމްގެ މެދުގައި ކުޅެވޭ އެކުވެރިކަމުގެ މެޗެކެވެ.

މިމެޗް ބޭއްވުމުގެ ބޭނުމަކީ ދެ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުންކަމަށް މެޗް އިންތިޒާމް ކުރާފަރާތުން މައުލޫމާތު ދީފައިވެއެވެ.

މިއަދު ހަވީރު 4:00 ގައި މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެންހަމަޖެހިފައިވާ މި މެޗް ބައްލަވާލެއްވުމަށް ވީހާވެސް ގިނަފަރާތްތަކުން ދަނޑަށް ހާޒިރުވެ ދެއްވުމަށް މިމެޗް އިންތިޒާމް ކުރައްވާ ފަރާތުން އެދެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީ- ކޮވިޑް 19: –2 ދުވަހުން 177 މީހުން ފައްސިވި

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިއަދު  އާންމު ކުރި މިމަހުގެ 2 ވަނަ ދުވަހާއި 3 ވަނަ ދުވަހުގެ ...

ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް އަޅާނެ ފިޔަވަޅެއްގެ ގޮތެއް ނުނިމުނު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މަޖިލިސް މެމްބަރުންނާއިމެދު ފިޔަވަޅު ...

މީދޫގެ ބިންހިއްކުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ރައީސްގެ ކިބައިން އެދެފި

މީދޫގެ ލޭންޑްޔޫސްޕްލޭންގައި ގޯތި ދިނުމަށް ނިންމާފައިވާ އެއްތަނަކީ މީދުން ހިއްކުމަށް ހަމަޖެހިފައިވާ ބިންކަމަށްވާތީ އެބިން ހިއްކުމުގެ އަމަލީ މަސައްކަތް ...