އިއްޔެ ޕޮޒިޓިވް ވީ 83 މީހުން، އޭގެ ތެރޭގައި 61 ދިވެހިން

ރާއްޖެއިން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 83 މީހުންކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ވާގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 61 ދިވެހިންނާއި، 22 ބިދޭސީންނެވެ.

ކޮވިޑް ޖެހިގެން އަތޮޅު ތެރެއިން މިއަދު ރިޕޯޓު ކުރީ އެންމެ މީހެކެވެ. ޕޮޒިޓިވް ވި 82 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު 8،667 މީހުންގެ ތެރެއިން 6،052 މީހުން ބަލިން ރަނގަޅު ވިއިރު މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،580 މީހުންނެވެ.

ކޮވިޑް-19 ގައި ހާލު ސީރިއަސްވެގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރެވިފައި މިވަގުތު ތިބީ 142 މީހުންނެވެ.

ކޮވިޑްގައި ރާއްޖެއިން މިހާތަނަށް މަރުވީ 29 މީހެކެވެ.

ނިމިދިޔަ އޯގަސްޓު މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފަ އެވެ. މީގެ ދެދުވަހެއް ކުރިން ކޮވިޑް ނަމްބަރު 100 އިން ދަށަށް ވެއްޓިފައި ވާއިރު، އެޗްޕީއޭއިން ލަފާކުރާ ގޮތުގައި މިމަހު ފަހުކޮޅުން ފެށިގެން ނަމްބަރުތައް މިއަށްވުރެއްވެސް ދަށަށް ވެއްޓޭނެ އެވެ.

އެހެންނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރެވޭނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް އާންމުން ބޯލަނބައިގެން ކަމަށް ހެލްތު އެކްސްޕާޓު ޑރ. ޝީނާ މޫސާ ވިދާޅުވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރު ބަންދު ހަފްތާގައި ފެނަކައިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ކުރިއަށް މިއޮތް ހަފްތާއަކީ ސަރުކާރު ބަންދު ހަފްތާއެއްކަމަށް ކަނޑައެޅުމުން ފެނަކަ ހުޅުމީދޫ ބުރާންޗުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. ...

ދެ ކާރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޑްރައިވަރަކު ނިޔާވެއްޖެ

ހުޅުމާލެގައި ހިނގި ކާރު އެކްސިޑެންޓެއްގައި ޓެކްސީ ޑްރައިވަރެއް ނިޔާވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލެ ފޭސް1ގެ ހިތިގަސް ...

ފާހާނަ ސާފުކުރާ ކެމިކަލް ފުޅިއެއް ބުއި ދިވެހި އަންހެނަކު މަރުވެއްޖެ

ފާހާނަ ސާފުކުރާ ކެމިކަލް ފުޅިއެއް ބޮއެގެން ދިވެހި އަންހެނަކު މަރުވެއްޖެއެވެ. ކެމިކަލެއް ބޮއެގެން އަމިއްލައަށް މަރުވެފައި ވަނީ ނ. ...