އާ އާންމު ހާލަތުގައި އުޅެންޖެހޭ ، އުސޫލު ބަދަލުކޮށް މާލޭން އަތޮޅުތެރެއަށް ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށުމާއެކު އަތޮޅުގެ ތެރޭގައި ކޮވިޑް-19 މިހާރުވަނީ ފެތުރެން ފަށާފައެވެ. ހޯމް ކަރަންޓީނު ކުރެވޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އުސޫލު ބަދަލުކޮށް އަތޮޅުތެރެއަށް މީހުން ފޮނުވަން ފެށިފަހުން ހޯމް ކަރަންޓީނަށް އަންނަ ބައެއް މީހުންގެ ފަރާތުން ކޮވިޑް މިހާރުދަނީ ފެންނަމުންނެވެ.
މާލޭގައި ބަލި ފެތުރިފައި އޮތްވާ މާލެން ރަށްތަކަށް މީހުން މިހާރު އަންނަމުންދާ ގޮތް އެއްގޮތަކަށްވެސް ކަމުނުދާކަމަށާ މިގޮތައް ރަށްތަކަށް މީހުން ފޮނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅެމުންދާ މީހުންދަނީ ބުނަމުންނެވެ. ރަށްތަކަށް މީހުން ފޮނުވުން ކޮވިޑާއިގުޅިގެން ކުރީންވެސް އޮތްގޮތައް އުސޫލު ބަދަލުކޮށް ކަރަންޓީނުކުރެވޭނެ އުސޫލުތައް އެކަށީގެންވާ އިތުބާރުހުރި ނިޒާމެއް ދަށުން ގާއިމުކޮށް ތަންފީޒުކުރަން ޖެހޭ ކަމަށްވެސް އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅެމުންދާ މީހުން ދަނީ ބުނަމުންނެވެ.
މިދެންނެވި ގޮތައް އަތޮޅުތެރޭގެ ރަށްރަށުގެ މީހުންގެ ކަންބޮޑުވުންތައް ހުރިއިރު އައްޑޫސިޓީ ކައުންސިލް ހުޅުދޫ ދާއިރާގެ މެމްބަރު އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވަނީ އެޗްޕީއޭގެ ސިޔާސަތުގެ ދޯދިޔާކަމުން ގައުމު މިދަނީ ބިރުވެރި ނާމާން ދިމާއަކަށް ކަމަށާ ރަށުގައި ކަރަންޓީނުކުރަނީ ނަމެއްގައި ކަމަށާ ގަވާއިދު ހިފަހައްޓާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާމީހާއަށް ކަރަންޓީނަކީ ލިބޭ އަދަބަކަށް ވެފައިވާކަމަށް ޝުކުރީގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވެއެވެ.
” ރަށުގައި ކަރަންޓީނު ކުރަނީ ނަމެއްގައި . ގަވާއިދު ހިފަހައްޓާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާމީހާއަށް ކަރަންޓީނަކީ ލިބޭ އަދަބަކަށް ވެފެއި މިއޮތީ ، އެޗްޕީއޭގެ ސިޔާސަތުގެ ދޯދިޔާކަމުން ގައުމު މިދަނީ ބިރުވެރި ނާމާން ދިމާއަކަށް ، ބަލިޖެހޭ މީހުންގެ 50 އިންސައްތައް މީހުން މަރުވާނެކަމަށް ސިއްހީމާހިރުން ބުނުމަކީ ކަންބޮޑުވާކަމެއް .” ޝުކުރީގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވެއެވެ.
ވަރަށްބޮޑަށް ބަލިފެތުރިފައިވާ މާލެން އަތޮޅުތެރޭގެ ރަށްރަށަށް މީހުންއަންނަ ގޮތުން އަތޮޅުތެރޭގެ ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އެހެންވެއްޖެނަމަ އަތޮޅު ތެރޭގައި އުޅެމުންދާ އުމުރުން ދުވަސްވީ މީހުންނަށާ އެހެނިހެން މީހުންނަށް ބަލިޖެހި މިބަލީގައި މީހުން މަރުވާ ނިސްބަތް އިތުރުވުމަކީ އެކަށީގެންވާކަމެކެވެ.
މިހާރު މާލެއިން ރަށްރަށަށް މީހުން ފޮނުވަނީ އާންމު ދަތުރުފަތުރު ނިޒާމުގެ ތެރެއިން ކަމަށްވާތީ އެތަކެއް ބަޔަކަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމަށްވާއިރު ބަލިޖެހިފައި ހުންނަ މިހާ ގިނަ ބަޔަކާ ބައްދަލުވެ، ގިނަ ރަށްތަކަށް ބަލިފެތުރިދާނެ ކަމުގެ ފުރުސަތު ބޮޑެވެ.
ކޮވިޑާ އެކު އުޅެން ދަސްކޮށް އެއާއެކު އުޅެންޖެހޭނެކަމަށް ބުނެ ބަލިފެތުރިފައިވާ މާލެން އެއްވެސް ހަރުދަނާ އުސޫލެއްނެތި އާއްމު ދަތުރު ފަތުރުގެ ތެރެއިން މީހުން ފޮނުވަމުންދިއުމަކީ އެއްގޮތަކަށްވެސް ކަމުދާ ކަމެއްކަމުގައި ދެންނެވޭކަށް ނެތެވެ. އަތޮޅު ތެރޭގައި އުޅެމުންދާ މީހުން އެދެނީ ކަމާބެހޭ ފަރާތްތަކުން ވަރަށްބޮޑަށް ބަލިފެތުރިފައިވާ މާލެންކަރަންޓީންނަށް މީހުން ފޮނުވާ އުސޫލު ބަދަލުކޮށް ހަރުދަނާކުރުމަށެވެ. އެހެން ނޫނީ އަތޮޅު ތެރޭގެ ރަށްރަށުގައި އުޅެމުންދާ މީހުން އުޅެން ޖެހޭނީ ބިރުވެރިކަމެއްގައި އެވެ.
ކޮމެންޓްސް (0)