ކޮވިޑު19 – 42 އަހަރުގެ އަހަރުގެ މީހަކު މަރުވެއްޖެ، މިއީ 15 ވަނަ މަރު

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި 15 ވަނަ މީހާ އެވެ. އަދި ކޮވިޑްގައި ރާއްޖެއިން މަރުވި ދިވެހިންގެ ތެރެއިން އެންމެ ހަގު މީހާއެވެ

އެޗްޕީއޭއިން ބުނީ އެމީހާ މަރުވީ ކޮވިޑަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ސެންޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ.

ރާއްޖެއިން ކޮވިޑްގައި ފުރަތަމަ މީހަކު މަރުވީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުުން މެއި މަހުގެ 5 ވަނަ ދުވަހު ބަންގްލަދޭޝްގެ ފިރިހެނަކު އެ ބަލީގައި މަރުވިއެވެ. އަދި މެއި މަހުގެ 8 ވަނަ ދުވަހު އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ.

އަދި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ މަޝްހޫރު ވިޔަފާރިޔާ މަރޮށީ ހުސައިން އަބްދުﷲ (އެމްއެޗްއޭ)ވެސް ވަނީ ކޮވިޑް ބަލީގައި އަވަހާރަވެފައެވެ. މެއި މަހުގެ 26 ވަނަ ދުވަހު ކޮވިޑްގައި ހަތަރުވަނަ މީހަކު މަރުވިއެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މަގެއްގެ މަތީ އޮއްވައެވެ. އަދި ޖޫން 1 ވަނަ ދުވަހު ޓްރީޓޮޕްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 54 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ.

މެއި މަހުގެ 26 ވަނަ ދުވަހު ކޮވިޑްގައި ހަތަރުވަނަ މީހަކު މަރުވިއެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މަގެއްގެ މަތީ އޮއްވައެވެ. އަދި ޖޫން 1 ވަނަ ދުވަހު ޓްރީޓޮޕްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 54 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން ޖުލައި މަހުގެ ފަސްވަނަ ދުވަހު 77 އަހަރުގެ ދިވެއްސެއް އަދި ޖުލައި 8 ވަނަ ދުވަހު 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ކޮވިޑްގައި މަރުވެފައެވެ.

އޭގެ ފަހުން މިމަހުގެ 14 ވަނަ ދުވަހުވެސް ކޮވިޑްގައި ދިވެއްސަކު ވަނީ މަރުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަނޑިޔާރުންގެ އިނާޔަތް ބޮޑުކޮށް، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލެވޭ ގޮތް ހަދަނީ

ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ...

ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއިނަފްރަތު އުފެއްދުން: ރައީސް ނަޝީދު

ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއިނަފްރަތު އުފެއްދުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ރާއްޖެޓީވީ އަށް ...

“ސާފު ރާއްޖެ، އަހަރެންގެވެސް ޒިންމާ” ކެމްޕޭން ރަސްމީކޮށް ފަށައިފި

ދިވެހިންގެ ކިބައިގައި ކުރިއްސުރެ ހުރި ސާފުތާހިރުކަމުގެ ސިފަ އަލުން އަށަގަނުވައި، މި ރާއްޖެ ސާފުތާހިރު ހިތްގައިމު ތަނެއްގެ ގޮތުގައި ...