އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވާލަނީ

އަންނަ އާދީއްތަ ދުވަހުން ފެށިގެން، ( 5 ޖުލައި 2020 އިން ފެށިގެން )  ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ސަރުކާރުގެ އިދާރާތައް ހުޅުވާފައި ހުންނާނީ ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ.

ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުއްވައިގެން ދެއްވަންޖެހޭ ޚިދުމަތްތަކާއި، ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ހަމަޖެއްސެވުމާގުޅިގެން، އިދާރާތަކުން ޢަމަލު ކުރައްވާނެ އުސޫލުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އާންމުކުރައްވާފައެވެ. އެގޮތުން، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރައްވައި، އައު އާންމު ހާލަތު ނުވަތަ ނިއު ނޯމަލްގެ ހާލަތުގައި ސަރުކާރުގެ އިދާރާތައް ހިންގެވުމާއި، އިދާރާތަކުގައި މަސައްކަތްކުރުމުގައި ޞިއްޙީ ރައްކާތެރިކަމުގެ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތަކާއި، މި ހާލަތުގައި މުވައްޒަފުން ޢަމަލުކުރައްވަންޖެހޭގޮތާ ބެހޭ ގޮތުންނާއި، މަސައްކަތުގެ މާހައުލުގެ ސާފުތާހިރުކަމުގެ އިރުޝާދުތަކާއި، އިޖުތިމާޢީ ގައިދުރުކަމުގެ އިރުޝާދުތަކާ ބެހޭ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލައްވައި އާންމުކުރައްފައިވާ ސަރކިއުލަރގައިވާ ކަންކަން ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރެއްވުމަށް ރައީސް އޮފީހުން ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

މީގެ އިތުރުން، ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމެވުމަށް މުވައްޒަފުންނަށް ބާރުއެޅުއްވުމާއެކު، ނުރަސްމީ ގަޑިގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމަށްވެސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ. އަދި ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ނޫނީ މެންދުރުފަހު 2:00 ގެ ފަހުން އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރެއްވުމަށާއި، ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާތައް ހުޅުވާފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން ހުޅުވާފައި ނުބެހެއްޓުމަށްވެސް އޮފީސްތަކަށް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވަން ފެށްޓެވި ޚިދުމަތްތައް އެ ގޮތުގެ މަތިން ދެއްވަމުން ގެންދެވުމަށާއި، އޮންލައިންކޮށް ދެވެން ހުރި އިތުރު ޚިދުމަތްތަކަކީ ކޮބައިތޯ ބައްލަވައި، އެ ޚިދުމަތްތައް އޮންލައިންކޮށް ދެއްވޭނެ އިންތިޒާމުތައް ހަމަޖެއްސަވަމުން ގެންދިއުމަށްވެސް ސަރުކާރުގެ އިދާރާތަކަށް ވަނީ އަންގަވާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކުގެ ތެރެއިން، އޮންލައިންކޮށް ކުރެއްވެން ހުންނަ މަސައްކަތްތައް އޮންލައިންކޮށް ކުރާނެ އިންތިޒާމު ހަމަޖައްސަވައި، އޮންލައިންކޮށް މަސައްކަތް ކުރެއްވުމަކީ އާންމު އުސޫލެއް ކަމުގައި ހެއްދެވުމަށްވެސް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން އޮފީސްތަކުން ބޭނުންކުރާ ކަރުދާހުގެ ޚަރަދާއި، ޕްރިންޓްކުރުމުގެ ޚަރަދު ކުޑަކުރެއްވޭނެ ގޮތްތައް ހޯއްދަވައިގެން އެގޮތަށް މަސައްކަތްކުރެއްވޭނެ އުސޫލުތައް ހައްދަވައި، އެ އުސޫލުތައް ތަންފީޒުކުރައްވައިގެންނާއި، ލިޔެކިޔުންތައް ވީވަރަކުން ޑިޖިޓަލައިޒްކޮށް “ޕޭޕަރލެސް” މަސައްކަތު މާޙައުލެއް އޮފީހުގައި ޤާއިމުކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ވެސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

މިކަންކަމުގެ އިތުރަށް، ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށާފައިވާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްމުގެ ގޮތުން، އޮފީސްތަކުން ކޮންމެހެން ކުރައްވަންޖެހޭ ޚަރަދުތައް ކުރުމަށާއި، ޚަރަދު ކުޑަކުރެއްވުމަށް އެޅުއްވެން ހުރި ފިޔަވަޅުތައް އެޅުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް- އަލީ އާޒިމް

މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ ...

މި މަހުގެ ކަރަންޓު ބިލުން ތަފާތު ފެންނާނެ – ފެނަކަ

ކަރަންޓްގެ އަގަށް ގެނައި ބަދަލު މި މަހުގެ ކަރަންޓު ބިލުން ފެންނާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. މާލެއާއި އަތޮޅުތަކުގެ ...

މަޖިލީހުގައި ތިބެންވާނީ ޤާނޫނީ މަސައްކަތްކުރުމަށް އެކަށީގެންވާ ފަންނުވެރި ތަޖުރިބާ ހުރި ބަޔަކު – ހިޝާމް

މަޖިލިހުގެ މެޖޯރިޓީ އޮންނަންޖެހޭނީ ތިމާ ތާއިދުކުރާ ކެންޑިޑޭޓް އިންތިޚާބުގައި ވާދަކުރާ ހައިސިއްޔަތުގެ މައްޗަކަށް ނޫންކަމަށާ އެހެން ނަމަވެސް މިއަދު ...