ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެެއް ތަރައްޤީކުރަން ފެނަކައާއި ހަވާލުކޮށްފި

ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމުކުރަން ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހޯރަފުށީގައި ބޮޓްލިންގް ޕްލާންޓެއް ނުވަތަ ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމުކުރުމަށް ޙަވާލުކޮށްފައިވަނީ ފެނަކަ ކޯރޕަރޭޝަނާއެވެ. ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދެވެ. އަދި ހޯރަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ.

ހޯރަފުށީގައި ފެންބަދުކުރާ ޕްލާންޓެއް ގާއިމްކުރުމުގެ އެއްބަސް ވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯތައް : ފެނަކަ ކޯޕަރޭޝަން

މި މަޝްރޫޢަކީ ހޯރަފުށީ ކައުންސިލްގެ ހިއްސާ އޮންނަގޮތަށް ޖޮއިންޓް ވެންޗަރ ޢުޞޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ހޯރަފުށީގައި ޤާއިމުކުރާ ބޮޓްލިންގް ޕްލާންޓުން ދުވާލެއްގެ މައްޗަށް 10،000 އާއި 12،000 އާއި ދެމެދުގެ ޢަދަދަކަށް ބިއްލޫރި ފުޅީގައި ފެން ބަންދުކުރެވޭނެކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. އަދި އެރަށުގެ ކޮންމެ ގޭބިސީއަކަށް ފެން ފޯރުކޮށްދިނުމުގެގޮތުން ޑިސްޕެންސަރ ހަވާލުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ހޯރަފުށީގައި ބޮޓްލިންގް ޕްލާންޓެއް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، އެޗް.އައި.ސީ.ޑީ.ޕީ ސްކީމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ޕްލާންޓު ޤާއިމުކުރުމަށް އެރަށުގެ ވޯޓަރ ސަޕްލައި ޕްލާންޓް ހުރި ދިމާލުން ކައުންސިލުން ވަނީ ބިން ހަމަޖައްސައިދީފައެވެ. މި މަޝްރޫޢުއާއެކު އިހަވަންދިއްޕޮޅުގެ ރަށްތަކަށާއި ރިސޯޓުތަކަށް ފެން ފޯރުކޮށްދިނުމަށް ފަސޭހަވެ، އެކަމުގެ ސަބަބުން ރަށަށް ލިބޭ ޢާމްދަނީ އިތުރުވެ، ކުރިއެރުންތަކެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މުއިއްޒު ހުވާކުރާ ރަސްމިއްޔާތު އަރަބި، އިނގިރޭސި އަދި މެންޑަރިން ބަހުން އަޑު އެހޭނެ

މިއަދު ހަވީރު ރާއްޖޭގެ ރައީސްކަމާއި ޑރ. މުއިއްޒު ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތު ދުނިޔޭގެ 3 ބަހަކުން އަޑު އެހޭނެ އިންތިޒާމް ...

ކެލާ އިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ކެލާ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓީވް ވެއްޖެއެވެ. ‘ބައެއް މީޑިއާތަކަށް  މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ...

ރަޔަންގެ ހުނަރާއެކު އަމީގޯސް އެ ޓީމުގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

ޔޫތުޗެލެންޖް ކަޕް 2020 ގައި  އަމީގޯސް ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ސެމީގެ ފުރުސަތު ބޮޑުކޮށްފި އެވެ. ބުދަ ...