ކޯވިޑް-19 :އިތުރު 5 މީހަކު ބަލިން ރަނގަޅުވެ ރަގަޅުވި މީހުންގެ އަދަދު 109 އަށް

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 5 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 109އަށް އިތުރުވެފައެވެ. ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވިދާޅުވީ އިއްޔެ 15 މީހަކު މި ބަލިން ރަނގަޅުވި ކަމަށާއި އަދި މިއަދު 3 މީހަކު ރަނގަޅުވެފައިވާކަމަށެވެ.

މިހާތަނަށް ރަނަގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ 65 ދިވެހިންނާއި 42 ބިދޭސީންނެވެ. މި ބަލިން ރަނގަޅުވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގަލަދޭޝްގެ މީހުންނެވެ. އެގޮތުން އެ ޤައުމުގެ 23 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި ރާއްޖޭގައި މިބަލި ޖެހި ރަނގަޅުވި މީހުންގެ ތެރޭގައި ގިނައީ ފިރިހެނުން ކަމަށްވެސް އެންއީއޯސީން މަޢުލޫމާތު ދެއްވައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި 1216 މީހުންގެ ތެރެއިން މިވަގުތު ފަރުވާދެމުންދަނީ 1164 މީހުންނަށެވެ. ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ނިސްބަތުން ދިގުކަމަށް ޑޮކްޓަރުންވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މިހަފްތާ ތެރޭގައި ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށްވެސް ޑޮކްޓަރުންވަނީ ލަފާކުރައްވާފައެވެ.

ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ޢަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުލިގަމުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ

ހއ.އުލިގަމުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާއަކީ މާލެ އިން ކަނޑުމަގުން ...

ލީގު ކަޕް ސެމީފައިނަލް : މިޑްލްސްބަރާ އަތުން ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ސެމީ ފައިނަލުގެ ފުރަތަ ލެގުގައި ޗެލްސީއާއި މިޑްލްސްބަރާ ވާއްދަލުކުރި މެޗުން ޗެލްސީ ...