އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޭޑީކޭ ހޮސްޕިޓަލުގެ 12 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، ޕޮޒިޓިވްވެފައި ވަނީ އެ ހޮސްޕިޓަލުގައި “ހެލްޕާސް”ގެ ގޮތުގައި އެކި ޑިޕާޓުމެންޓްތަކުގައި މަސައްކަތް ކުރަމުން އަންނަ 12 ބިދޭސީން ކަމަށެވެ.

އެމީހުންނަކީ ހުޅުމާލޭގައި ހުންނަ އެ ހޮސްޕިޓަލުގެ އެކޮމޮޑޭޝަން ބްލޮކުގައި ދިރިއުޅޭ މުވައްޒަފުން ކަމަށާއި އެ ބްލޮކުގައި ޖުމްލަ 40 މުވައްޒަފަކު ދިރިއުޅޭ ކަމަށް އަފްއާލް ވިދާޅުވިއެވެ.

އަފްއާލް ވިދާޅުވީ އެމީހުން ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 8 ވަނަ ދުވަހު ކަމަށާއި ޕޮޒިޓިވްވި މީހުން އައިސޮލޭޓް ކުރެވި، ދެންތިބި މީހުން ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.

ބައްޔަށް ޕޮޒިޓިވްވެފައިވަނީ ނޭޕާލާއި ބަންގުލަދޭޝްގެ މުވައްޒަފުން ކަމަށާއި އެމީހުންނަށް ބަލި ޖެހުނީ އޭޑީކޭ ހޮސްޕިޓަލުން ނޫން ކަމަށް ބެލެވޭ ކަމަށް ވެސް އަފްއާލް ވިދާޅުވިއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޯލްޑިވިއަންގެ ރިޒަވޭޝަން އެންޑް ކޯލް ސެންޓަރު ފުވައްމުލަކަށް

މޯލްޑިވިއަންގެ ރިޒަވޭޝަން އެންޑް ކޯލް ސެންޓަރު ފުވައްމުލައް ސިޓީއަށް ބަދަލުކޮށްފިއެވެ މިސެންޓަރު ފުވައްމުލަކުގައި ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ...

އިލްޔާސްގެ ކެނޑިޑަސީ ފޯމު ހުށައަޅައިފި

ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ކެނޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ. އެމްޑީޕީއިން ...

ރައީސްގެ އިލްތިމާސްއެއް ސަރުކާރު މުވައްޒަފުންނަށް: ވެކްސިން ފުރިހަމަކުރޭ!

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ރައީސް ...