ކޮވިޑް 19 ގެ އެންމެ ގިނަ ބަލިމީހުން ފެންނާނީ މެއި 31 ގައި – އެދުވަހު އެކަނިވެސް 1600 ބަލި މީހުން ފެނިދާނެ_- ޑރ . ޝީނާ

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން އަންނަ ގޮތައް ބަލާއިރު އެންމެ ގިނަ މީހުންނަށް ބަލި ޖެހޭނީ މެއި މަހުގެ 31 ވަނަ ދުވަހު ކަމަށާއި އެދުވަހު އެކަނިވެސް 1600 މީހުންނަށް ބަލި ޖެހިފައި ތިބެދާނެ ކަމަށް ލަފާކުރައްވާކަމަށް ޑރ ޝީނާ މޫސާ ވިދާޅުވެއްޖެވެ.

ޑރ. ޝީނާ މިގޮތައް ލަފާ ކުރައްވާފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ ޝީނާ ވިދާޅުވީ ކޮވިޑް-19 އަށް ރާއްޖޭގައި ޓެސްޓް ކުރެވޭ ނިސްބަތް ވަރަށްބޮޑަށްވެސް  މަދު ކަމަށެވެ.

” އެކަށީގެންވާ ވަރަށް މިހާރު ޓެސްޓް ކުރެވޭނަމަ ކޮންމެ ދުވަހަކު 300 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވާނެ ކަމަށް ލަފާކުރެވޭ. އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތަށް ބަލާއިރު ޓެސްޓިން ސްޓްރެޓެޖީ އެބަ ޖެހޭ ބަދަލު ކުރަން. މިހާރު ޓެސްޓް ކުރަނީ ހަމައެކަނި ހައި ރިސްކް މީހުން އެކަނި  ” މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޝިނާ މޫސާ ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރި އެންމެ ގިނަ މީހުންނަށް ބަލި ޖެހޭ ދުވަހު އައިސީޔޫގައި 101 މީހަކު ތިބެދާނެ ކަމަށް ލަފާ ކުރެވޭ ކަަމަށާ ރާއްޖޭގައި ކޮވިޑް-19 ރާއްޖޭގައި ފެތުރި އެންމެ ގިނަ މީހުންނަށް ބަލި ޖެހޭނީ މެއި މަހުގެ 31 ވަނަ ދުވަހުކަމަށް ވިދާޅުވަމުން ޑރ ޝީނާ ވިދާޅުވީ  އެދުވަހު އެކަނިވެސް 1600 މީހުންނަށް ބަލި ޖެހިފައި ތިބެދާނެ ކަމަށެވެ.

ޑރ. ޝީނާ ލަފާކޮށްފައިވާގޮތުން ޕީކް ދުވަހު 12 މީހަކު އައިސީޔޫގައި އެޑްމިޓް ކުރަންޖެހިދާނެކަމަށާ  އަދި އެ ދުވަހު ޖުމްލަ 101 މީހަކު އައިސީޔޫގައި ތިބޭނެ ކަމަށް ލަފާކުރައްވާކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.  އަދި މުޅި އެއްކޮށް ބާލާނަމަ 5600 މީހުންނަށް އައިސީޔޫގައި ފަރުވާދޭނެ ޖެހިދާނެކަމަށް ލަފާކުރެވޭކަމަށްވެސް  ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ.ޝީނާ ވިދާޅުވީ ރާއްޖެ އިން 77000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސްޕެނިޝް ސުޕަ ކަޕް: އެތުލެޓިކޯ ބަލިކޮށް ރެއާލުން ސުޕަ ކަޕްގެ ފައިނަލަށް

އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް ގެ ފައިނަލަށް ރެއާލްމެޑްރިޑް ދަތުރުކޮށްފިއެވެ. ސައުދީ އަރަބިއްޔާގައި ކުޅުނު ފޯރިގަދަ ...

ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާ އިން ދެނީ

ދިވެހިރާއްޖެ، ޗައިނާއަށް ދަރާފައިވާ ދަރަނި އަދާކުރުމަށް އިންޑިއާއިން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ. މިކަން ...

އެމެރިކާގައި ރާއްޖެ އިސްތިހާރުކުރަން އެޤައުމުގެ ނޫސްވެރިން ރާއްޖޭގައި

ވިޒިޓް މޯލްޑިވްސްއިން އެމެރިކާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެ ޤައުމުގެ ނޫސްވެރިން ރާއްޖެ ގެނެސްފިއެވެ. މިއީ އެމެރިކާގެ ނޫސްވެރިންނަށް އަމާޒުކޮށްގެން ...