އެމެރިކާގައި ރާއްޖެ އިސްތިހާރުކުރަން އެޤައުމުގެ ނޫސްވެރިން ރާއްޖޭގައި

advertisement

ވިޒިޓް މޯލްޑިވްސްއިން އެމެރިކާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެ ޤައުމުގެ ނޫސްވެރިން ރާއްޖެ ގެނެސްފިއެވެ. މިއީ އެމެރިކާގެ ނޫސްވެރިންނަށް އަމާޒުކޮށްގެން ވިޒިޓް މޯލްޑިވްސްއިން މިއަހަރު ކުރިއަށްގެންދާ ފުރަތަމަ ފެމިލިއަރައިޒޭޝަން ޓްރިޕްއެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް އެމެރިކާ ނޫސްވެރިން ރާއްޖެ އައީ މިމަހުގެ 9 ވަނަ ދުވަހުއެވެ. މި ޓީމް ރާއްޖޭގައި މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށް ތިބޭނެއެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ މި ދަތުރުގެ މައިގަނޑު މަޤްސަދަކީ އެމެރިކާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމާއި ރާއްޖެ އުފެދިފައިވާގޮތުން މި ދަނޑިވަޅުގައިވެސް ރާއްޖެއަކީ ދަތުރުކުރުން ރައްކާތެރި މަންޒިލެއްކަން އެޤައުމުގެ ނޫސްވެރިން މެދުވެރިކޮށް ފަތުރުވެރިންނަށް ބުނެދިނުންކަމަށެވެ.

މި ދަތުރުގައި އެމެރިކާގެ ނޫސްވެރިން ތިބުމަށް ހަމަޖެހިފައިވަނީ ރޮބިންސަން ކްލަބް ނޫނު، ލަކްސް ނޯތު މާލެ އެޓޯލް އަދި ކުރަމަތި ރިސޯޓް މޯލްޑިވްސް ރިސޯޓުގައެވެ. މި ދަތުރުގައި ނޫސްވެރިން ރާއްޖޭގެ ރިސޯޓްތަކުން ލިބެންހުރި ޚިދުމަތްތަކާއި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމާއި ގުޅޭގޮތުން ލިޔުންތައް ޝާއިއުކުރާނެއެވެ.

މި ޓީމުގައި އެމެރިކާގެ ބައެއް މަޤްބޫލު ނޫސްމަޖައްލާތަކުގެ ނޫސްވެރިން ހިމެނެއެވެ. އޭގެތެރޭގައި ޓްރެވެލް އެންޑް ލެޝަރ، ޕޯރބްސް، އިންސައިޑަރ ޓްރެވެލް، އެލްއޭ ސްޓައިލް ފަދަ މަޖައްލާތަކުގެ ނޫސްވެރިން ހިމެނެއެވެ.

ވިޒިޓް މޯލްޑިވްސްއިން އަންނަނީ އެމެރިކާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭގެތެރޭގައި ޓުއަރ އޮޕަރޭޓަރުންނާއިއެކު ކުރިއަށްގެންދާ ޖޮއިންޓް މާކެޓިންގ ޕްރޮމޯޝަންތަކާއި، ވަރޗުއަލް ރޯޑްޝޯތަކާއި، ވެބިނަރތަކާއި، ވަރޗުއަލް އަދި ފިޒިކަލްކޮށް ފެއަރތަކުގައި ބައިވެރިވެގެން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތައް ހިމެނެއެވެ.

އެމެރިކާ އަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ. އެގޮތުން ކޯވިޑްގެ ބަލިމަޑުކަން ފެށުނު ފަހުން 2020 ވަނަ އަހަރު އެމެރިކާގެ 19،759 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ ޖޫންމަހުގެ 3 ވަނަ ދުވަހާއި ހަމައަށް އެމެރިކާއިން 15،914 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ

މަސްދަރު : ޕީއެސްއެމް ނިއުސް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ މެޑަމް ފާތުންގެ އަގު ވައްޓާލާ އެކަމަނާގެ މަސައްކަތްތަކަށް ހުރަސްއެޅުން – ޝިފާޤު މުފީދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ތަފާތު ދޮގު ވާހަކަތައް ދައްކަމުންދަނީ އެކަމަނާ ކުރައްވަމުންދާ މަސައްކަތްތައް ...

ސީދާ ތިންސެޓުން މީދޫޓީމް ބަލިކޮށް ފޭދޫ ފާހި ޗެމްޕިއަންކަން ހޯދައިފި

މިއަދު ހަވީރު މަރަދޫ ފޭދޫގައި ކުޅެވުނު އައިވީ މިކްސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ފޭދޫ ފާހި ސްޕޯޓްސް ކްލަބް ...

އާސިރު ފެނިއްޖެ، އޭނާގެ ހާލު ރަނގަޅު

ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އާސިރު އިސްމާޢީލް، (ސ. މަރަދޫފޭދޫ / ގަސްކަރަ) ފެނިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ...