ފެން މީޓަރުން ނަގަމުން އަންނަ 30 ރުފިޔާ ކަނޑާލަނީ: ފެނަކަ

ފެނަކަ ކޯޕަރޭޝަނުން ފެނުގެ ޚިދުމަތް ދެމުންއަންނަ ގޭގެ އަށް ގުޅާފައިވާ ފެން މީޓަރަށް މަހުންމަހަށް ނަގަމުން އަންނަ  30 ރުފިޔާ ކަނޑާލުމަށްއެދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ މެނިފެސްޓޯ އެކުލަވާލުމަށް ޓަކައި، ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކުރިއަށްދިޔަ ބައްދަލުވުމުގައި، ފެނުގެ ހިދުމަތް ގުޅާފައި އެހެން ނަމަވެސް ފެން  ބޭނުން ނުކުރާ ގޭގެއިންވެސް މެދު ނުކެނޑި ފެންމީޓަރަށް 30 ރުފިޔާ ނަގަމުން ގެންދާކަން ފާހަގަ ކުރައްވައި އައްޑޫ ސީޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ދެއްކެވި ވާހަފުޅަށް ޖަވާބް ދެއްވަމުންނެވެ.

ސޯބެ ދެއްކެވި ވާހަކަފުޅަށް ޖަވާބް ދެއްވަމުން  ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލު ވުމަށްފަހު އެ 30 ރުފިޔާ ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ 30 ރުފިޔާ ނުނެގުމަށް ފެނެކައިގެ ބޯޑުން މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ނިންމައި އެކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޭދޫގައި ބެޑްމިންޓަން ކޯޓެއް އަޅަން ބަޔަކާއި ހަވާލުކޮށްފި

އައްޑޫ  ސިޓީ ފޭދޫގައި  އިންޑޯ ބެޑްމިންޓަން ކޯޓެއް  އެޅުމަށް  ބަޔަކާއި ހަވާލުކޮށްފިއެވެ. ޔޫތު މިނިސްޓްރީން ބުނީ، ފޭދޫ އިންޑޯ ...

މޮނިޓަރިންގައި ހުރި ރަށްރަށަށް ސިއްޙީ ފަރުވާއަށް ދަތުރުކުރަން ލުއި ގޮތްތަކެއް ހަމަޖައްސައިފި

މޮނިޓަރިންގެ ހާލަތްތަކުގައި އޮންނަ ރަށްތަކަށް ސިއްޙީ ޚިދުމަތް ހޯދުމަށް 24 ގަޑިއިރަށްވުރެ ކުރު ދަތުރުކުރާ ފަރާތްތަކުން އެނބުރި ރަށަށް ...

ޝިފާޒް ވަކިކުރަން ނިންމީ ޕީޖީ ގުރޫޕުންވެސް އެދިގެން: ރޮޒައިނާ

ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުވަކިކުރީ އެމްޑީޕީގެ ޕީޖީ ގްރޫޕުންވެސް އެދިގެންކަމަށް އައްޑޫ ...