މާލޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށް 5 މީހަކު ހައްޔަރުކޮށްފި

މާލޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށް 5 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުން މި ބިދޭސީ މިހާ ރަހީނުކޮށްފައި ހުރީ މާފަންނުގައި ބިދޭސީން ދިރިއުޅޭ ތަނެއްގެ ތެރޭގައިކަމަށެވެ. އަދި ފުލުހުންނަށް މި މައުލޫމާތު ލިބުމާއި އެކު އެތަނަށް ގޮސް ރަހީނުކޮށްފައި ހުރި ބިދޭސީ މިހާ ސަލާމަތްކޮށް 5 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވެސް 5 ބިދޭސީއެކެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތަފްސީލެއް އަދި ބިދޭސީ މީހާ ރަހީނުކުރީ ކޮންކަމަކާއި ހެދިކަމެއް ފުލުހުން އަދި ހާމައެއްނުކުރައްވާއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށެވެ.

ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވެ އެ މީހުންނަށް ދެވަނަ ފުރުސަތެއް ދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ރަޖިސްޓްރީވަމުންނެވެ.

ރައްޖޭގައި މިހާރުވެސް އެއް ލައްކަ ތިރީސް ހާހަށްވުރެ ގިނަ ބޭރުމީހުން ލޭބަރުންގެ ގޮތުގައި އަންނަނީ މަސައްކަތް ކުރަމުނެވެ. މީގެތެރެއިން ފަސްދޮޅަސް ހާސް މީހުންނަކީ ޤަވައިދުތަކަށް ނުފެތޭހެން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ މީހުންކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ހުއްދަ ނެތި އުޅެމުން އަންނަ ބިދޭސީންނާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީންނާއި، ކާކުކަން އަންގައިދޭ ސައްޙަ ލިޔެކިޔުން ނެތް ބިދޭސީންނަށް އަލުންވަނީ ގަވަދާއި އެއްގޮތަށް ރެޖިސްޓްރީވެގެން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދީފައެވެ.

ރެޖިސްޓްރީ ކުރުމުގެ ކަންކަން ހަމަސްދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މިފަދަ މައްސަލަތައް 1 އަހަރު ތެރޭގައި އެއްކޮށް ޙައްލުކުރުމެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ފުށިދިއްގަރުފަޅު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށަނީ

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ޙައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދިޔުމަށް އިޢުލާނު ކޮށްފައިވާ ފުށިދިއްގަރު ...

މިއަދު މީދޫގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މީދޫގެ މިސްކިތްތަކުގައި ހުކުރު ނުކުރާތާ 6 ހުކުރު ފާއިތުވެގެން ދިއުމަށްފަހު މިއަދު މީދޫގެ މިސްކިތްތަކުގައި ހުކުރު ކުރުމަށް ވަނީ ...

އާ ފީޗާސްތަކާއެކު ބީއެމްއެލްގެ މޯބައިލް ބޭންކިންގ އެޕް ތައާރަފު ކޮށްފި

ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ބީއެމްއެލްގެ މޮބައިލް ބޭންކިންގ އެޕް އަށް ބަދަލު ގެނެސް އިތުރު ...