ޕޮލިސްކަޕް 2019 : ސެމީފައިނަލްގެ މެޗްތައް މިރޭ ކުޅެވޭނެ

ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހުޅުމީދޫ ޕޮލިސްއިން އިންތިޒާމްކޮށްގެން ޕޮލިސް ދަނޑުގައި އީދު ދުވަހުގެ ރެއިން ފެށިގެން ކުރިއަށް ގެންދާ ” ޕޮލިސްކަޕް 2019 ” ފުޓްބޯޅަ މުބާރާތުގެ ސެމީފަނަލްގެ މެޗްތައް މިރޭ ކުޅެވޭނެއެވެ.

5 ޓީމް ވާދަކުރި މިމުބާރާތުގެ މެޗްތައް ކުޅެވުނީ ކޮންމެ ޓީމެއް ކޮންމެޓީމަކާ ބައްދަލުކޮށް ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ 4 ޓީމް ސެމީފައިނަލަށް ހޮވޭ ގޮތަށެވެ.

މިގޮތުން 1 ވަނަ ޓީމެއްގެ ގޮތުގައި ސެމީފަނަލަށް ބްރަދާސްޔުނައިޓެޑް ހޮވިފައިވާއިރު 2 ވަނަ ޓީމަކަށް ހޮވުނީ ޕޮލިސްޓީމެވެ. 3 ވަނަ ޓީމަކަށް ރެފިއުޖީ ހޮވުނުއިރު 4 ވަނަ ޓީމަކަށް ހޮވުނީ ކެނެރީފެވެ.

ސެމީފައިނަލްގެ މެޗްތައް ހަމަޖެހިފައިވާ ގޮތުން މިރޭ ކުޅެވޭ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޕޮއިންޓްގެ ގޮތުން 1 ވަނަ ޓީމުގެ ގޮތުގައި ހޮވުނު ބްރަދާސް ޔުނައިޓެޑާއި 4 ވަނައަށް ހޮވުނު ކެނެރީފެވެ. މިރޭ ކުޅެވޭ ސެމީފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ޕޮއިންޓްގެ ގޮތުން ދެވަނައަށް ހޮވުނު ޕޮލިސްޓީމާއި 3 ވަނަ ޓީމަކަށް ހޮވުނު ރެފިއުޖީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސާފް ޗެމްޕިއަންޝިޕް: އިންޑިޔާ އިން ނޭޕާލް ބަލިކޮށް ފައިނަލްގެ އުއްމީދު އާކޮށްފި

މެޗު ނިމެން 8 މިނިޓަށް ވެފައި ވަނިކޮށް އިތުބާރު ފޯވާޑު ސުނިލް ޗެތިރީ ކާމިޔާބު ކޮށްދިން ލަނޑާއެކު  އުރީދޫ ...

ފޯރިގަދަ މެޗަކަށް ފަހުވަގުތު ޗެލްސީ މޮޅުވިއިރު ލިވަޕޫލްއަށް ފަސޭހަމޮޅެއް

އިގިރޭސި ޕްރިމިއާލީގުގައި ރޭ ކުޅެވުނުމެޗްވެސް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅެވުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ ...

ގައުމު ސްޓްރީޓް ކަޕް 2020: އިއްޔެ ކުޅެވުނު މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ އިއްޔެ ކުޅުނު މެޗްތަކުގެ ނަތީޖާ: އެފްއާރުޓީ އަދި ...