ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން 300 ގެއިން ހިލޭ ކުނި ނަގައިފި

އައްޑޫސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 300 ގެއިން މުޅި ޖުމްލަ 26 ޓަނުގެ ކުނި ނަގައިފިއެވެ.

ރޯދަމަހާ ދިމާކޮށް ގޭގެއިން ބޭރުކުރެވޭ ކުނި ހިލޭ ނަގައިދިނުމުގެ މި ޕްރޮގްރާމުގައި 395 ގެއަކުން ނަންނޯޓު ކުރިއެވެ. އޭގެ ތެރެއިން މިހާތަނަށް 300 ގެއިން ހިލޭ ކުނި ނަގައިދެވިފައިވާއިރު ބާކީ ކުނި ނުނެގި ހުރީ 95 ގެއަކުންނެވެ. އެއީ ހިތަދޫގެ 50 ގެއާއި، މަރަދޫގެ 19 ގެއާއި، މަރަދޫފޭދޫގެ 20 ގެއާއި ފޭދޫގެ 6 ގެއަކެވެ. ހުޅުދޫ އަދި މީދޫއިން ނަންނޯޓު ކުރި ހުރިހާ ގެއަކުންވަނީ ކުނި ނަގައި ނިމިފައެވެ.

މިޕްރޮގްރާމުގެ ދަށުން ކުނި ނުނެގި ބާކީ މިހާރު ހުރި 95 ގެއިން ކުނި ނެގުމަށް ހަމަޖެހިފައިވަނީ 18 މޭ ވާ ހޮނިހިރު ދުވަހުއެވެ.

ކުނީގެ މައްސަލައަކީ އައްޑޫއަށް އަބަދުވެސް ބޮޑު މައްސަލައަކަށްވެފައި އާންމުންގެ ޝަކުވާ ގިނައިން ހުށަހެޅޭ ކަމަކަށްވުމާއެކު، ކުނީގެ މައްސަލަ ހައްލުކުރުމަށް ކައުންސިލާއި ވެމްކޯއިން ވަނީ މަސައްކަތް ފަށާފައެވެ. މިގޮތުން ނަލަފެހި އައްޑޫ ޕްރޮގްރާމުގެ ދަށުން ގޭގެއިން ހިލޭ ކުނި ނަގައިދިނުމުގެ އިތުރުން ރޯދަ ވީއްލާ ގަޑިއާ ދިމާކޮށް މިސްކިތްތަކުން އުފެދޭ ކުނި ނަގައިދިނުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައެވެ.

ކުނި ނެގުމާއި ކުންޏާ ގުޅޭ ކަންކަމުގައި މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވަންޖެހޭ ނަންބަރަކީ 1666 އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިއްޔެ ބޭއްވި ބައި-އިލެކްޝަންގެ ހަ ގޮނޑިންކުރެ ފަސް ގޮނޑި ޕީއެންސީ އަށް

ހަ ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބުކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިއްޔެ ކުރިއަށް ދިޔަ ބައި-އިލެކްޝަންގެ ފަސް ގޮނޑި ...

ސިޔާސީ މަގުސަދުތައް ހާސިލްކުރުމަށް އަންހެނުންވެސް އަންހެނުންނަށް ފުރައްސާރަކުރޭ: ރޮޒައިނާ

ސިޔާސީ މަގުސަތުތައް ހާސިލްކުރުމަށް އަންހެނުންވެސް އަންހެނުންނަށް ފުރައްސާރަކުރާކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ ...

ކަރަންޓް ބިލް ފޯނަށް ފޮނުވުމަށް ސްޓެލްކޯއިން ނިންމައިފި

ކަސްޓަމަރުންގެ ތެރެއިން ފޯން ނަމްބަރު ދީފައިވާ ހުރިހާ ފަރާތްތަކަށް ފޯނުބިލް އެސްއެމްއެސް އެއް މެދުވެރިކޮށް ފޮނުވުމަށް ސްޓެލްކޯއިން ނިންމައިފިއެވެ. ...