ފުވައްމުލަކުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ފުވައްމުލަކުން  ފެށިގެން އައްޑޫ ސިޓީއާ ހަމައަށް   މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.

މޯލްޑިވްސް ނެޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން، މޫސުން ލަފާކުރާ ގޮތުގައި، މިރޭ 21:00 ން 24:00 އަށް އެންމެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ އެވެ. އަދި ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށްވެސް މީޓިއޮރޮލޮޖީންވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ގއ. އަތޮޅަށް ވައިޓް އެލާޓް ނެރެފައެވެ. ގއ. އަތޮޅަށް ވައިޓްއެލާޓް ނެރެފައި ވަނީ މިއަދު އިރުއޮއްސި 6:45 އިން މިރޭ 11:45 އަށެވެ.

ކުރިއަތް 24 ގަނޑިއަށް މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލާ އިރު، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ، މީގެ ތެރެއިން އަދި ބައެއް ރަށް ތަކަށްް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ. އެހެންހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ އެވެ.

ވައި ޖެހޭނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި އެވެ. އެހެން ހިސާބުތަކަށް އުތުރާއި އިރު އުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ.

މެދެތެރޭގެ ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަަށް 35 މޭލަަށް ވައި ގަދަވުން އެކަށީގެން ވެއެވެ.

މެދުތެރޭ އަތޮޅު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ކެރި ގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ އެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީ ގަމާއި ސައުތުއެފްރިކާއާ ދެމެދު ސީދާ ދަތުރުތައް މިއަހަރުގެ ނޮވެމްބަރު މަހު ފަށަނީ

ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ސައުތު އެފްރިކާއާ ދެމެދު މިއަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ސީދާ ދަތުރުތައް ފެށޭނެކަމަށް ޓޫރިޒަމް ...

މީދޫ ޒުވާންޓީމުން ވަރުގަދަ ފޭދޫ ބަލިކޮށްފި

20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި  ވަރުގަދަ ފޭދޫޓީމާއި  މީދޫޓީމް ބައްދަލުކޮށް   އިއްޔެ ...

މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ، ބިރުގަންނާކަށް ނުޖެހޭނެ: މަހްލޫފް

ޤާނޫނީ އިމުގެ ތެރެއިން މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ ކަމަށާއި ނޫސްވެރިން ބިރުގަންނާކަށް ނުޖެހޭނެކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ...