މިއަދު ހެނދުނު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި 17 އަހަރުގެ ކުއްޖާގެ މަރުވެއްޖެއެވެ.

މިއަދު ހެނދުނު 07:05 ކަންހާއިރު ހިނގި މި އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖާ ދުއްވަމުންދިޔަ ސައިކަލް ޖެހިފައިވަނީ މާލޭ މަސްމާރުކޭޓް ސަރަހައްދުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެންނެވެ.

މި ކުއްޖާ މަރުވެފއިވަނީ އެކްސިޑެންޓްގައި ލިބުނު ޒަަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް މިއަދު މެންދުރު 12:50 ކަންހާއިރު އެވެ. އަދި އެ ކުއްޖާގެ ބޮލާއި ހަށިގަނޑުގެ އެކި ތަންތަނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެއެވެ.

މި އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖާ ދުއްވަން އިން ސައިކަލު ވަނީ ވަރަށް ބޮޑަށް ހަލާކުވެ ފުނޑުފުނޑުވެފައެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގެ އަލުން ހުޅުވާލައި، ފުރަތަމަ ފްލައިޓް ޖައްސައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިއަދު ބޯޑަރު ހުޅުވާލައި ފުރަތަމަ ފްލައިޓް ރާއްޖޭގެ މައި ...

ސ. ހުޅުދޫ ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީ ހުޅުދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. ހުޅުމީދޫ ސިއްހީމަރުކަޒުގެ ބޭފުޅަކު ވީއޯއެމްއަށް މައުލޫމާތު ...

ބޭރު ޓީޗަރުންނަށް ދޭގޮތަށް އެލަވަންސްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ: މެމްބަރު އަލީ ހުސައިން

ބޭރު ޓީޗަރުންނަށް ދޭގޮތައް ދިވެހި ޓީޗަރުން އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެކަމަށް ރައްޔަތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ...