ބޭރު ޓީޗަރުންނަށް ދޭގޮތަށް އެލަވަންސްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ: މެމްބަރު އަލީ ހުސައިން

advertisement

ބޭރު ޓީޗަރުންނަށް ދޭގޮތައް ދިވެހި ޓީޗަރުން އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެކަމަށް ރައްޔަތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްމެބަރު އަލްއުއްސްތާޛް އަލީ ހުސެން ވިދާޅުވެޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ، ބޭރުން ޓީޗަރުން ގެންނަން ނިންމި ސަބަބާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނާ ގުޅޭގޮތުން ނޫހެއްގައި ލިޔެފައިވާ ހަބަރަކާއެކު ކުރެއްވި ޓުވީޓެއްގައެވެ.

އަލީ ހުސައިން ވިދާޅުވެފައިވަނީ، ބޭރު ޓީޗަރުންނަށް ދޭގޮތަށް، ކެއުމަށާއި ބޯހިޔާވަހިކަމަށް ވަކިން އެލަވަންސްދީ، އެކަށީގެންވާ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ ކަމަށެވެ. ވަކި ގައުމަކަށް ވީތީ ވަކިގޮތެއް ހަދައި ތަފާތުކުރުން ނިމުމަކަށް ނުގެނެސް މައްސަލަތައް ދުވަހަކުވެސް ހައްލު ނުވާނެ ކަމަށް އަލީ ހުސައިން ވިދާޅުވެފައި ވެއެވެ

ބޭރު ޓީޗަރުންނަށް ދޭގޮތަށް، ކެއުމަށާއި ބޯހިޔާވަހިކަމަށް ވަކިން އެލަވަންސްދީ އެކަށީގެންވާ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ. ވަކި ގައުމަކަށް ވީތީ ވަކިގޮތެއް ހަދާ ތަފާތުކުރުން ނިމުމަކަށް ނުގެނެސް ތިޔަމައްސަލަ ދުވަހަކުވެސް ހައްލެއް ނުވާނެ”

އަލީ ހުސައިން

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގުރުއާން އަދި އަރަބިބަސް ކިޔަވައިދޭން ބޭރުން ޓީޗަރުން ގެންނަން ނިންމީ، އެ މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާންކޮށް ޓީޗަރުން ނުލިބިގެން ކަމަށެވެ.

އެހެންވެ، ދިވެހި ޓީޗަރުން ލިބިފައި ނުވާ މަގާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަންތަކުގައި އެހީތެރިކަމަށް އެދުމުން އިންޑިޔާގެ ހައިކޮމިޝަނުންގެ ފަރާތުން އިންޑިޔާ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އެގައުމުގެ ރެކްރޫޓްމަންޓް އެޖެންސީއެއް ކަމަށްވާ ނޯކާ ރޫޓްސް މެދުވެރިކޮށް ޓީޗަރުން ގެންނަން ހަމަޖެހުނީ ކަމަށްވެސް ބުނެފައި ވެއެވެ.

އެޓީޗަރުން ރެކްރޫޓް ކުރުމުގެކުރިން މިދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާއިވެސް ވާހަކަ ދެކެވި، މުދައްރިސުންގެ ދަތިކަންހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތް ކުރެވިފައިވާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ވަނީ ބިދޭސީ މުދައްރިސުންނަށް ދެވިފައިކަން ފާހަގަކޮށް މިނިސްޓްރިން ބުނީ، އެމަގާމުތަކަށް ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އަދި ދިވެހި މުދައްރިސެއް ލިބޭނަމަ ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެމަގާމުތަކަށް ދިވެހިން އައްޔަން ކުރެވޭނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޯލްޑިވިއަންއިން ހެޔޮ އަގެއްގައި ހަނިމާދޫއިން ކޮޗިންއަށް

ގައުމީ އެއަރލައިން މޯލްޑިވިއަން އިން ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފިއެވެ. އެގޮތުން ހަނިމާދޫއިން ...

ޓޫރިސްޓް އެކްސްކާޝަންތައް ހުއްޓާލަން އަންގައިފި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކާއި ސަފާރީތަކުން ޓޫރިސްޓުން އެކްސްކާޝަނަށް ރަށްރަށް ގެންދިޔުން މިވަގުތަށް މަނާކަމެއްގެ ...