ބޮޑު ޗުއްޓީގެ ދުވަސްވަރު ބަދަލުކުރުމާބެހޭ ގޮތުން މަޝްވަރާކޮށްފި

Advertisement

ރާއްޖޭގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރު ބަދަލު ކުރުމާބެހޭ ގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް، އަލީ ވަހީދު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީއާ ބައްދަލު ކުރައްވައިފިއެވެ.

ރާއްޖޭގެ ސްކޫލުތަކުގެ އަހަރީ ޗުއްޓީ ދުވަސްވަރު މިހާރު އޮންނަ ގޮތުން އަހަރުގެ ފަހުކޮޅަކީ ފަތުރުވެރިކަމުގެސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސީޒަން ކަމަށްވެފައި އެދުވަސްވަރަކީ އެހެން ސަރަހައްދުތަކަށް ފިނި މޫސުން ކަމަށްވުމާއި، ކްރިސްމަސް އާއި އައު އަހަރުކަމުން ކޮންމެ އަހަރަކުވެސް އެތައް ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. އެހެންވީމާ ރިސޯޓުތަކާއި އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެދުވަސްވަރު ޗުއްޓީހޯދުން އޮންނަނީ ދަތި ކަމަކަށް ވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ މަންހަޖު ގައި ޓްރެވެލް އެންޑް ޓޫރިޒަމް އިތުރަށް ހިމެނޭނެ ގޮތްތަކާ ބެހޭގޮތުންވެސް ދެ މިނިސްޓަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި މިނިސްޓްރީތަކުގެ އިސް ބޭފުޅުން ކޮޅެއްވެސް ވަނީ ބައިވެރިވެފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020 : ސްޕޭނާއި ޕޮލެންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޕޮލެންޑާ ސްޕޭން ބައްދަލުކުރި މެޗު 1 – 1 ން އެއްވަރުވެގެން ނިމިއްޖެއެވެ. ...

ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އަލިފާން ރޯވުން

ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އިއްޔެ ރޯވި އަލިފާންގަނޑު ނިއްވާލެވުނު އިރު ކުނިކޮށީގެ ...

ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ބާރުއެޅުމަށް، ސާފުކުރުމުގެ ބޮޑު ހަރަކާތެއް މާދަމާ

މޫދާއި ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން މުޅި ރާއްޖޭގައި އައްސޭރިފަށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް ...