ޖުޑިޝަރީ އިސްލާޙް ކުރުމަށް ދަނީ މަޝްވަރާ ކުރަމުން –ޝައުނާ

ރާއްޖޭގެ ޖުޑިޝަރީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ބަންޑާރަ ނާއިބްގެ އޮފީހާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވެއްޖެވެ.

އާމިނަތު ޝައުނާ މިހެން ވިދާޅުވީ ސަރުކާރުން 30 ދުވަހުގެ ތެރޭގައި ކޮށްފައި މަސައްކަތްތަކާގުޅޭ މަޢުލުމާތު ހިއްޞާ ކުރައްވަމުންނެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވީ، ޖުޑިޝަރީ އާއި ޖޭއެސްސީ އިސްލާހު ކުރުމަކީ 30 ދުވަހުން ނިންމޭ ވަރަށް ވުރެ ބޮޑު މަސައްކަތެއް ކަމަށެވެ.

ޝައުނާ ވިދާޅުވީ، އެކަމަކީ މަޝްވަރާކޮށްގެން ކުރެވޭ ވަރުގެ މަސައްކަތެއް ކަމަށާއި، އެހެން ކަމުން އެކަން ހައްލުކުރުމަށް ދިރާސާތައް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން އެމައްސަލަ ޙައްލު ކުރުމުގައި ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ލަފައަށްވެސް ބަލާނެކަމަށްވެސް ސައުނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖުޑިޝަރީ އާއި ޖޭއެސްސީ އިސްލާހު ކުރުމަށް ބަންޑާރަ ނާއިބާއި ފަނޑިޔާރުންނާއި ވަކީލުން އަދި ކަމާބެހޭ އެހެން ފަރާތްތަކާވެސް މަޝްވަރާ ކުރާނެ ކަމަށެވެ. އެއާއެކު ރައީސް ޞާލިހްގެ ވެރިކަމުގެ ދައުރުގައި އިންސާފް ޤާއިމް ކުރެވޭނެ ފުރިހަމަ ނިޒާމެއް އެކުލަވާލެވޭނެކަމަށްވެސް ސައުނާ ވިދާޅުވިއެވެ.

“އިރާދަ ކުރެއްވިއްޔާ މި ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމިގެންދާއިރު ރާއްޖޭގައި ފުރިހަމައަށް އިންސާފު ގާއިމް ކުރެވޭނެ ފަދަ ނިޒާމެއް ގާއިމް ކުރެވޭނެ. އެކަމުގެ ފައުންޑޭޝަންގެ މަސައްކަތްތައް މިހާރު މި ކުރެވެމުން ދަނީ.” ޝައުނާ ވިދާޅުވިއެވެ.

ޖުޑިޝަރީ އާއި ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްކަތް ފެށުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

ޖުޑިޝަރީ އާއި ޖޭއެސްސީ އިސްލާހު ކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުން އަންނައިރު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް ޞާލިހް އުފައްދަވާފައިވާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ދާދިފަހުން ވަނީ ކްރިމިނަލް ކޯޓުން ބައެއް މައްސަލަތައް ނިންމަނީ ވަކިފަރާތަކަށް ޖެހިގެންކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރައްވާފައެވެ.

ސުއޫދު ވިދާޅުވެފައި ވަނީ ބޮޑެތި މައްސަލަތައް ބަލަން ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގުތަކުގެ ނުފޫޒު އޮންނަ ކަމަށާއި ބައެއް މައްސަލަތައް ވަކިކޮޅަކަށް ނިންމުމުގައިވެސް ގޭންގު ތަކުން ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި ފަނޑިޔާރުންގެ ސެކިއުރިޓީންގެ ގޮތުގައިވެސް ގޭންގުތަކުން ހަރަކާތްތެރިވާ ކަމަށް ސުޢޫދުވަނީ ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަންނާންގެ މިއުޒިކީ ޢީދު ޝޯވ މިއަހަރު އައްޑޫ ސީޓީގައި ބާއްވާގޮތަށް ހަމަޖައްސައިފި

މިނިވަން ދުވަހާ ގުޅިގެން ބާއްވަމުން އަންނަ ފަންނާންގެ މިއުޒިކީ ޢީދު ޝޯވ މިއަހަރު އައްޑޫ ސީޓީގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ...

އައްޑޫ ސިޓީގެ ޓާޝަރީ ހޮސްޕިޓަލް ވެގެންދާނީ އެންމެ ރީތި ހިތްގައިމު ހޮސްޕިޓަލަށް- މިނިސްޓަރ ނާޒިމް

އައްޑޫ ސިޓީގައި ޤާއިމްކުރާ ޓާޝަރީ ހޮސްޕިޓަލް ވެގެންދާނީ އެ ސަރަހައްދުގައި ހުރި އެންމެ ރީތި އަދި އެންމެ ހިތްގައިމު ...

މޯބައިލް ގޭމް ކުޅޭ މީހުންނަށް އުރީދޫގެ ހާއްސަ ޕެކޭޖުތަކެއް

މޯބައިލް ގޭމް ކުޅޭ މީހުންނަށް ހާއްސަ ޕެކޭޖުތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ. މި ޕެކޭޖުތަކާއެކު ކޯލް އޮފް ...