މޯބައިލް ގޭމް ކުޅޭ މީހުންނަށް އުރީދޫގެ ހާއްސަ ޕެކޭޖުތަކެއް

މޯބައިލް ގޭމް ކުޅޭ މީހުންނަށް ހާއްސަ ޕެކޭޖުތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ.

މި ޕެކޭޖުތަކާއެކު ކޯލް އޮފް ޑިއުޓީ އާއި މޯބައިލް ލެޖެންޑްސް އާއި ރޮބްލޮކްސް އަދި ގެރީނާ ފްރީ ފަޔާ ފަދަ ގޭމްތައް ކުޅެވޭނެއެވެ. މި ޕެކޭޖުތައް ފަށާ އަގަކީ އެންމެ 25ރ. އެވެ.

ވީކްލީ ގޭމިން ޕެކުގެ ދަށުން ކޮންމެ ގޭމެއް ކުޅުމަށް ހަފުތާއަކަށް އެންމެ 25ރ. އަށް އެއް ޖީބީގެ ޑޭޓާ ލިބޭނެއެވެ. ކޮންމެ ގޭމަކަށް ވަކިން ޕެކޭޖު އެކްޓިވޭޓް ކުރެވޭނެއެވެ.

މީގެ އިތުރުން މުޅި މަހަށް ހާއްސަ ޕެކޭޖެއް ވެސް ވަނީ ތައާރަފު ކޮށްފައެވެ. މި ޕެކޭޖުގެ ދަށުން 50ރ. އަށް 2 ޖީބީ ޑޭޓާ ލިބޭނެއެވެ. މި ޕެކޭޖުތައްވެސް އެކްޓިވޭޓް ކުރަން ޖެހޭނީ ވަކި ގޭމްތަކަށެވެ.

މި ޕެކޭޖުތަކަށް އުރީދޫގެ މޯބައިލް އެޕްލިކޭޝަން ނުވަތަ *929*5# ޑަޔަލް ކޮށްގެންވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި ކީވޯޑް ޖެހުމަށްފަހު 5555އަށް އެސްއެމްއެސް ކޮށްގެންވެސް ޕެކޭޖް އެކްޓިވޭޓް ކުރެވޭނެއެވެ.

މި ޕެކޭޖުތަކާ ގުޅޭ މައުލޫމާތު އުރީދޫ ވެބްސައިޓު https://www.ooredoo.mv/entertainment/gaming-packs މެދުވެރިކޮށް ލިބޭނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 07 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑުގެ ހާލަތު ގޯސްވެ، އިތުރު 07 ރަށެއް މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ. މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައި ...

އިތުރު 10 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ، ރާއޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 551 އަށް

އިއްޔެ ރާއްޖެއިން އިތުރު 10 މީހުން ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭ އިން ހާމަކޮށްފިއެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ ...

ޔާމީންގެ މައްޗަށް މަނީ ލޯންޑްރީގެ ދައުވާ އުފުލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ޕީޖީ އޮފީހުން މިއަދު ކްރިމިނަލް ކޯޓްގައި އުފުލައިފި ...