Advertisement

ރަށްތަކާ ފަޅުތައް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާ ރަށްޔިތުންގެ މަޖިލުހުގެ ބައެއް މެމްބަރުންނަށްވެސް ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

މިކަމާ ބެހޭގޮތުން އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް މިނިސްޓްރީއޮފް ޓުއަރިޒަމުން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ އެކުޒިޝަން ކޯސްޓްގެ ފައިސާގެ ތެރެއިން ގިނައަދަދެއްގެ ފައިސާ ދައުލަތުގެ އެއްވެސް އިދާރާއަކަށް ޖަމާކޮށްފައިނުވާކަމަށެވެ. މިގޮތުން މިފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމުގެ ތުހުމަތު ތަކެއް ކުރެވިފައިވާއިރު ރަށްތަކާއި ފަޅުތައް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާ ރަށްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނަށްވެސް ލިބިފައިވާކަމަށް ތުހުމަތުކޮށްފައިވާތީ  އެމައުލޫމާތުތައް އެގޭ ފަރާތެއްގެ ގޮތުގައި ކޮމިޝަނުގެ ތަހުގީގަށް ލިބުނު މައުލޫމާތު ތަކާއިގުޅިގެން ރަށްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ތަހުގީގުކޮށް ސުވާލުކޮށް ބަޔާން ނެގިފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން މިމައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާކަމަށް އޭސީސީން ނެރުނު ބަޔާނުގައިވަނީ ބުނެފައެވެ.

އޭސީސީން ބުނެފައިވަނީ މިމައްސަލާގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު އެމްއެމް ޕީއާރުސީމެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް ވިއްކައިގެން އެކުޒިޝަން ކޯސްޓްގޮތުގައި ލިބުނު ފައިސާގެ ތެރެއިން ބައެއް ރިޝްވަތުގެ ގޮތުގައި ރަށްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ދީފައިވާކަމަށެވެ. އަދި އެފައިސާގެ ތެރެއިން ރަށްޔިތުންގެ މަޖިލިހުގެ މެމްބަރުންންށް ބެހުމުގައި މަޖިލިހުގެ މެމްބަރަކު އަމަލީގޮތުން ބައިވެރިވެފައިވާކަމަށާ އެފައިސާގެ ތެރެއިން ބައެއް އެމެމްބަރަށްވެސް ލިބިފައިވާކަމަށް އަމިލަ ޓީވީ ޗެނަލްއަކުން ދައްކާފައިވާ ޕްރޮގްރާމެއްގައި އެމެމްބަރު ބުނެފައިވާތީ  އެމެމްބަރުގެ މައްޗަށް ރިޝްވަތު ހިފުމާ ރިޝްވަތު ދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވިފައިވާކަމަށެވެ. އެހެން ނަމަވެސް އެއީ އޭނާ ސިޔާސީ ގޮތުން ދައްކަވާފައިވާ ވާހަކަ ތަކެއްކަން އެމެމްބަރު ބުނެފައިވާކަމަށް އޭސީސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ކޮރަޕްޝަނުގެ އެއްވެސް ފައިސާއެއް ނުވަތަ ރިޝްވަތުގެ ގޮތުގައި އެއްވެސް ފައިސާއެއް ރަށްޔިތުންގެ މަޖިލިހުގެ އެއްވެސް މެމްބަރަކަށް ހަވާލްކުރަން އޭނާއަށް ލިބިފައިނުވާކަމަށާ މަޖިލިހުގެ މެމްބަރުންނަށް އެއްވެސް ފައިސާއެއް ހަވާލްކުރުމަށް މީހަކު އޭނާއާއި ހަވާލް ނުކުރާކަމަށާ އަދި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ވާހަކަ އޭނާ ބުނެފައިވަނީ އެއްގޮތަކަށްވެސް ވަކިމީހެއްގެ އަތަށް އޭނާ ފައިސާ ގެންގޮސްގެން ނުވަތަ އެފަދަ އެއްވެސް ކަމެއްކޮށްގެން ނޫންކަމަށް އެމެމްބަރު ބުނެފައިވާކަމަށް އޭސީސީގެ ބަޔާނުގައިވަނީ ބުނެފައެވެ. އަދި އޭނާ މެދުވެރިވެގެން މަޖިލިހުގެ މެމްބަރުންނަށް އެއްވެސް ފައިސާއެއް ދީފައިނުވާނެކަމަށާ އަދި އެމްއެމް ޕީއާރުސީގެ ކޮރަޕްޝަނާގުޅޭ އެއްވެސް ފައިސާއެއް ނުވަތަ ސަރުކާރަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް އެއްވެސް ފަރާތަކަށް ލިބިފައިވާކަން އޭނާއަށް އެގިފައިނުވާކަމަށް އެމެމްބަރު ބުނެފައިވާކަމަށް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރަށް މަޖިލިހުގައި އޭނާ އެވާހަކަ ދައްކަވާފައިވަނީ ކީއްވެގެންތޯ ޕްރޮގްރާމްގައި އޭނާއާއި ސުވާލުކުރުމުންވެސް އޭނާ ބުނެފައިވަނީ އެވާހަކަތައް ދައްކާފައިވަނީ މުޅިގައުމުގެ މަސްލަހަތާ ރަށްޔިތުންގެ މަސްލަހަތު އެކަމުގައި ހިމެނޭ ކަމަކަށްވާތީ ސިޔާސީ މީހަކަށްހުރެ ގައުމު ކޮރަޕްޝްނުގެ ކަންތައް ފެތުރެމުންދާ ދަޑިވަޅެއްގައި އެކަމުން މުޅިގައުމާ ރަށްޔިތުން ސަލާމަތްކުރުމަށްޓަކާ އަދި ރަށްޔިތުން އެކަމަށް ހޭލުންތެރިކުރުމުގެ ގޮތުން އޭނާ ކުރި ޖިހާދެއްގެ ގޮތުގައި ކަމަށެވެ. އަދި އެއްގޮތަކަށްވެސް ވަކި މީހަކު އަތަށް ފައިސާ   ގެންގޮސްގެން އެއްވެސް ކަމެއްކޮށްގެން ބުނި ވާހަކައެއްނޫންކަމަށް މެމްބަރު ބުނެފައިވާކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރަށް އެހެން ޓީވީ ޕްރޮގްރާމެއްގައި ދައުލަތުގެ ފައިސާއަށް ޚިޔާތްތެރިވިކަމަށާ ކުރީގެ ނާއިބް ރައީސްކަން ކުރެއްވި ފަރާތެއް ލާރީގޭ 60 އިން ސައްތަ ލާރިވަނީ  ސިޔާސީ ޕާޓީއެއްގެ ބޭފުޅެއްގެ އަތުގައިކަމަށް އޭނާ ބުނެފައިވީނަމަވެސް އެއީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް ދެއްކި ވާހަކައެއް ނޫންކަމަށާ އެމެމްބަރު އޭސީގެ ތަހުގީގުގައި ހުށަހަޅާފައިވާނެކަމަށް ބަޔާނުގައިވަނީ ބުނެފައެވެ. އަދި އެޕްރޮގްރާމްގައި ފައިސާގެ ތެރެއިން ބައެއް އޭނާގެ އަތުގައިހުރިކަމަށް އޭނާ ބުނުމަކީވެސް އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް އޭނާ ބުނި ބުނުމެއްނޫންކަމަށާ އެއީ އެސުވާލުއޭނާއަށް އައިގޮތުން ފޯރީގައި ނުވަތަ ޖަޒުބާތުގައި އޭނާ ބުނެފައިވާ އެއްޗެއްކަމަށްވެސް ބުނެފައިވާކަމަށް އޭސީސީގެ ބަޔާނުގައިވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: މީދޫއާއި ހުޅުދޫގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގަނީ

މީދޫ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއިގުޅިގެން ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގަން ފަށައިފިއެވެ. މީދޫ އިން ...

ރައީސް ސޯލިހުގެ ދެކަނބަލުން މުލިއާގެއިން ނުކުމެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި، އަނބިކަނބަލުން ފަޒްނާ އަހުމަދު މުލިއާގެއިން ނިކުމެވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުން މުލިއާގެން ނިކުމެވަޑައިގަތީ، ރިޔާސީ ...

އައްޑޫއާއި ފުވައްމުލަކަށް ވެމްކޯގެ “ކެޕްސް” ޚިދުމަތް ތަޢާރަފްކުރަނީ

އައްޑޫ އާއި ފުވައްމުލައް ސިޓީގައި ވެމްކޯގެ “ކެޕްސް” ޚިދުމަތް ތަޢާރްފަކުރުމަށް ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ބުނފިއެވެ. ކޯލް އެންޑް ...