“ރަށްފެހި ޕްރޮގްރާމް” ނަލަފެހި ޖަމްއިއްޔާއިން މީދޫގައި ގަސް އިންދުމުގެ ޙަރަކާތެއް ބާއްވައިފި

Advertisement

އިއްޔެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވި މުޅި ރާއްޖެ ފެހިކުރުމަށް ހިންގާ ޤައުމީ ޙަރަކާތް “ރަށްފެހި ޕްރޮގްރާމް” އާއި ގުޅުވައިގެން މީދޫގައިވެސް ގަސް އިންދުމުގެ ޙަރަކާތެއް ބާއްވައިފިއެވެ.

މީދޫ ނަލަފެހި ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން އިއްޔެ މީދޫގައި ބޭއްވުނު ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މީދޫ ފުޓްބޯޅަ ދަނޑުގެ ސަރަހައްދުގައެވެ.

ވީއޯއެމް މަޢުލޫމާތު ދެމުން ނަލަފެހި ޖަމްއިއްޔާގެ ހުސެންރަޝީދު  ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން އިއްޔެ  ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގެ ސަރަހައްދުގައި  އިންދާފައިވަނީ ހިޔާދޭގަސްތައްކަމަށެވެ. ހުސެން ރަޝީދު އިތުރަށް ވިދާޅުވީ މީދޫގައި ގަސްއިންދުމަށް އެޖަމްއިއްޔާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތްތަނުގައި އިންދުމަށް ހަމަޖެހިފައިވަނީ ރަށުން މަދުވަމުން ގެންދާ ގަސްތައްކަމަށެވެ.

ނަލަފެހި ޖަމްއިއްޔާއިން އިއްޔެ ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައިވާއިރު އެޖަމްއިއްޔާއިންވަނީ މީގެ ކުރީން މީދޫގައި “2000” ރުއް އިންދުމުގެ” ޕްރޮގްރާމެއްފަށާ އެޕްރޮގްރާމްގެ ދަށުން ގިނައަދެއްގެ ރުއް މީދޫ  ކަޅިބިއްފަރާތުގައި އިންދާފައެވެ.

[Best_Wordpress_Gallery id=”43″ gal_title=”ނަލަފެހިން މީދޫގައި ބޭއްވި ގަސް އިންދުން”]

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް މާދަމާ ކުޅުދުއްފުއްޓަށް

މިއަހަރުގެ ބައިނަލް އަޤްވާމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެޑައިގެންނެވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މާދަމާ ކުޅުދުއްފުށީ ...

ރިޔާސީ އިންތިޚާބަށް ނިކުތްއިރު މި ޤައުމުގައި ޒުވާނުން ތިބިކަން ޤަބޫލުކުރި ހަމައެކަނި ރައީސަކީ ރައީސް ޔާމީން- މެންބަރ ރިފާއު

ރައީސް ޔާމީނަށް ވޯޓްދޭންޖެހޭ ސަބަބުތައް ކިޔަން ފަށައިފިއްޔާ އިރު އަރަންދެންވެސް ކިއިދާނެ ކަމަށާއި، 2013 ގެ ރިޔާސީ އިންތިޚާބަށް ...

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އެލައިޑުން ލައިފް އިންޝުއަރެންސް ތައާރަފްކޮށްފި

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އެލައިޑުން ލައިފް އިންޝުއަރެންސް ތައާރަފްކޮށްފި އެވެ. ރޭ ކުރިއަށްދިޔަ އެލައިޑްގެ ސްޕެޝަލް އިވެންޓް ...