ސީއެސްސީގެ މެންބަރު ކަމަށް ސ.ފޭދޫ ކުމުންޒާނިގޭ ފާތުމަތު އަމީރާ ޢައްޔަން ކުރައްވައިފި

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ސ. ފޭދޫ ކުމުންޒާނިގެ، ފާތިމަތު އަމީރާ މަޖިލީހުން ޢައްޔަންކުރައްވައިފިއެވެ.

ހުސްވެފައިވާ ސިވިލް ސަރވިސްގެ މަޤާމަށް އަމީރާ ޢައްޔަން ކުރަން ފެންނަ ކަމަށް 70 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އަމީރާ ސީއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވިއިރު މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ އަމީރާގެ އިތުރުން ދެ ބޭފުޅެއްގެ ނަން މަޖިލިސް ތަޅުމަށް ވަނީ ފޮނުވާފައެވެ.


އެ ދެ ބޭފުޅުންނަކީ ތ. ހިރިލަންދޫ ލިލީގެ ޢަބްދުރަޙީމް ޙަސަނާއި މާފަންނު ވެލަގަލި މުޙައްމަދު މާހިދު ޝަރީފެވެ. މި ދެ ބޭފުޅުންގެ ނަމަށް މަޖިލީހުން ވޯޓަށް ނޭހީ ސީއެސްސީގެ މެންބަރު ކަމަށް ޢައްޔަންކުރަން ބޭނުންވާ ވަރަށްވުރެ އިތުރަށް އަމީރާއަށް ވޯޓު ލިބިވަޑައިގަތުމުންނެވެ.

ސިވިލް ސަރވިސް ކޮމިޝަން، ސީއެސްސީގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލުމުން 22 މީހަކު ކުރިމަތިލާފައިވެއެވެ. ނަމަވެސް އޭގެތެރެއިން ޝަރުތު ފުރިހަމަވީ 14 މީހުންނެވެ.

މި ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީން ޢާއްމުކުރި ރިޕޯޓުގައި ބުނެފައިވަނީ ޝަރުތު ހަމަވި 14 މީހުންގެ ތެރެއިން އެކަކު ނަން އަނބުރާ ގެންދިޔުމުން އެނާއާއި އިންޓަވިއުކޮށްފައި ނުވާ ކަމަށެވެ.

ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ 13ވަނަ މާއްދާގައި ބުނެފައިވަނީ ސިވިލް ސަރވިސްގެ މެންބަރުކަމުގެ މަޤާމަށް މެންބަރެއް ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ޢާއްމުކޮށް އިޢުލާން ކުރަންވާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާދަމާ މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މާދަމާ ( 15 އޮކްޓޯބަރ 2021 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ޢަލީ ޚާލިދު އައްޔަންކުރައްވައިފި

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް މ.ފިނިފަރު، ޢަލީ ޚާލިދު އައްޔަން ކުރައްވައިފިއެވެ. ޢަލީ ޚާލިދަކީ ...

ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށްދެއްވާ! އައްޝެއިޚް އަލީ ޒައިދު

ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށްދެއްވުމަށް ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲއާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު ...