12 ދާއިރާގެ ބައި-އިލެކްޝަން ނުބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސަވެފައިވަކަމަށް ކުރިން ކަނޑައަޅާފައިވާ ބާރަ ދާއިރާގެ ބައި-އިލެކްޝަން ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން ބުނީ ބައި-އިލެކްޝަން މިގޮތަށް ނިންމީ، ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެންކަމަށްބުނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބަރަ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތްނަމަވެސް މިނިންމުން ބާޠިލްކޮށްފައިފައިވާކަމަށާ، އަދި އެކަން ރައްޔިތުންގެ މަޖިލީހަށާއި، ކަމާބެހޭ ފަރާތްތަކަށް އަންގާނެކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަ މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމީ، މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވުން ނުވަތަ ޕާޓީން ވަކިކުރުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭނެކަމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނެރުނު އަމުރަކާގުޅިގެންނެވެ.

ބާރަ މެންބަރުންގެ ގޮނޑި ގެއްލުނުކަމާމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާގުޅިގެން މެންބަރުންގެ ފަރާތުން ވަނީ އެ މައްސަލަ ސްޕރީމްކޯޓަށް ހުށަހަޅާފައެވެ. އަދި މިހާރު އެ މައްސަލަ ކޯޓުދަނީ ހިނގަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީ ކައުންސިލުން އިންޑިއާ ސަފީރާއެކު މަޝްވަރާތަކެއް ބާއްވައިފި

އައްޑޫ ސިޓީ ކައުންސިލުން އިންޑިއާ ސަފީރާއެކު މަޝްވަރާތަކެއް ބާއްވައިފިއެވެ. މިބައްދަލުވުމުގައި ‏އައްޑޫ ސިޓީގައި އިންޑިއާގެ ހިލޭ އެހީގެ ދަށުން ...

ފުވައްމުލައް އެއާޕޯޓު ބޮޑުކޮށްދޭނަން: ރައީސް

ފުވައްމުލައް ސިޓީ އެއާޕޯޓު އޭޓީއާރު ޖެއްސޭ ވަރަށް ބޮޑުކޮށްދެއްވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ...

އައްޑޫސިޓީންއިއްޔެ ޕޮޒިޓިވް ކޭސްއެއް ނުފެނޭ – 3 މީހުން ބަލިން ރަނގަޅުވި

އައްޑޫސިޓީން އިއްޔެ ކޮވިޑުގެ ޕޮޒިޓިވް ކޭސްއެއް ނުފެންނަކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ. އައްޑޫ އެމަޖެންސީ އޮޕަރޭޝަން ...