ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން އީސީއިން ނިންމައިފި

ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ އިޖުރާއަތުތައް ފުރިހަމަނުވާކަމަށްބުނެ މިދިޔަ ހުކުރުދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސް،  ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތުމަށް އީސީން ނިންމީ، އެ ޕާޓީން ހުށަހެޅި ލިއުންތަކަށް ބެލުމަށް ފަހުކަމަށް އިލެކްޝަން ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ދަރުބާރުގޭގައި ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ އިދާރީ ހިންގުން ރައީސް ޔާމީނާ ހަވާލުކުރެއްވުމުގެ އިތުރުން، ހަތަރު ނައިބު ލީޑަރުން ވެސް އިންތިޚާބުކޮށްފައިވާއިރު  ކައުންސިލަށް ވެސް މެމްބަރުން ވަނީ އިންތިޚާބުކޮށްފަ އެވެ.

އަދި މީގެއިތުރުން، ނޮވެމްބަރު 17 ގެ ފަހުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން އެ ޕާޓީން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތަށް ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން މުހިއްމު: ރައީސް

ހދ. ހަނިމާދޫގައި ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމަށްޓަކައި އެރަށުގެ ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން ...

އެމްޑީޕީއަށް ކުރިހޯދައި ދިނުމަށްޓަކައި މިތިބީ ތަރުތީބުވެ ސަފުތައް ބަދަހިކޮށްގެން- ފައިޒް

އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގެން  އެމްޑީޕީއަށް ކުރިހޯދައި ދިނުމަށްޓަކައި މިތިބީ ތަރުތީބުވެ ސަފުތައް ބަދަހިކޮށްގެންކަމަށް ލޯކަލް ކައުންސިލް ...

ރައީސް ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރަށްވަން ނިންމަވައިފައިފިއެވެ. އެމްޑީޕީން ހާމަކޮށްފައިވާގޮތުން ...