ރައީސް ޔާމީނަށް އޮތް ތާއިދު ދައްކާލަން ހުޅުމީދޫ ގައި ސައިކަލް ބުރެއް ބާއްވައިފި

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް އޮތް ތާއީދު ހުޅުމީދޫގައި ދައްކާލައިފިއެވެ.

މި ދެ ބޭފުޅުންނަށް އޮތް ތާއީދު ދައްކާލާފައިވަނީ މިއަދު ހަވީރު ހުޅުމީދޫގެ ބޮޑެތި މަގުތަކުގައި ބޭއްވި ސައިކަލް ބުރުންނެވެ

މި ސައިކަލް ބުރުގައި ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ބައިވެރިވެ ވަޑައިގެންނެވިއިރު، މި ސައިކަލް ބުރުގައި  އެކި އުމުރުފުރާތަކުގެ ގިނައަދަދެއްގެ މީހުންނާއި ބައިވެރިވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މިސައިކަލް ބުރު އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނަކު ބުނީ އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދަށް ވުރެ ބޮޑު ތާއީދެއް މިހާރު ހުޅުމީދޫގައި އޮތީ ރައީސް ޔާމީނަށް ކަން މިއަދު  ބޭއްވުނު ސައިކަލް ބުރުން ފެނިގެން ދާނެކަމަށެވެ

2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ކާމިޔާބުކުރައްވާ ރައީސްކަމާ ހަވާލްވެ ވަޑައިގަތުމަށްފަހު ސަރުކާރުން ހުޅުދޫއާއި މީދޫއަށް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހުޅުދޫއާއި މީދޫގައި ފެނުގެ ނިޒާމްގާއިމްކޮށް ފެނުގެ ޚިދުމަތް ހުޅުދޫއާއި މީދޫގެ ރަށްޔިތުންނަށް ހޯދައި ދިނުމާއި  ހުޅުދޫއާއި މީދޫގައި ފާޚާނާ ނިޒާމް ގާއިކޮށް ދެއްވުމުގެ މަސައްކަތް ކުރުވާ އެމަސައްކަތް މިހާރު ނިމެމުންދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

އަދި މީގެ އިތުރަށް ސ. އަތޮޅު މަދަރުސާގައި 4 ބުރީގެ އިމާރާތެއް ގާއިމްކޮށދެއްވާ ހުޅުދޫއާއި މީދޫގެ ރަށްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި އިމާރާތްކުރަމުންދާ ފަޔަރ ސްޓޭޝަން ފާހަގަކޮށްލަންޖެހެއެވެ. އަދި ދަތުރުފަތުރުގެ ޚިދުމަތާއި މަސްފެކްޓްރީގެ  އިތުރަށް މިހާރު  ހުޅުދޫއާއި މީދޫގެ ބޮޑުމަގުގައި ތާރު އެޅުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތް ފާހަގަކޮށްލެވެއެވެ.

އަދި މީގެ އިތުރަށް މީދޫގެ އިސްމެހެލާހެރާގައި ރިސޯޓް ހެދުމުގެ މަސައްކަތް ބަޔަކާއި ހަވާލްކޮށްގެން ކުރަމުންދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓްރަކެއް ހަންކެނޑެ ބްރިޖްގެ ފެންސްގައި ޖެހި ފެންސަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ބޮޑުހިލަ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ޓްރަކެއް ބާރު ސްޕީޑްގައި ދުއްވާފައިދަނިކޮށް  ކޮންޓްރޯލް ނުކުރެވިގެން ގޮސް އައްޑޫސިޓީގެ ހަންކެނޑެ ބްރިޖްގެ ފެންސްގައި ...

އައްޑޫ ސިޓީ ގަމުން ދަތުރުކުރާ މީހުންނަށް ސްރީލަންކަންގެ “މީލް ޕްރީ-އޯޑަރ”

އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ގަމުން ދަތުރުކުރާ ފަރާތްތަކަށް އެމީހަކު ބޭނުން ...

އަލިފާނުގެ ހާދިސާ އަކީ ޓެރެރިޒަމްގެ އަމަލަކަށް ވުން ގާތް: އަނދުން ހުސައިން

މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އިންޑިއާ މެދު ނަފްރަތު އުފައްދަން ހިންގި ޓެރެރިޒަމްގެ އަމަލެއް ކަމަށް ...