އެއްބައިވަންތަކަމަށް ބާރުއަޅުއްވަމުން ރައީސް ޢީދު ތަހުނިޔާ ފޮނުއްވައިފި

ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން އިތުރަށް ވަރުގަދަ ކުރުމަށް ބާރުއަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަހަރުގެ އަޟްހާ ޢީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ އިސްލާމްދީން އެއްބައިވަންތަކަމަށް ބާރުއަޅައި ގޮވާލާ މިންވަރު، ޙައްޖުގެ މަތިވެރި މަނާސިކުން އެނގިގެންދާކަމަށެވެ. އަދި ޢީދުގެ މި އުފާވެރި މުނާސަބަތުގައި ދިވެހިންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ މަތިވެރި ޢަޒުމް އާކުރުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އަޟްޙާ ޢީދުގެ މުނާސަބަތަކީ، މުސްލިމުންގެ މެދުގައި ހިތްހެޔޮކަމާއި އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކުރުމުގެ މުނާސަބަތެއްކަމަށާއި، ދިވެހިންގެ މެދުގައި އޮތް އެއްބަނޑުއެއްބަފާކަމާއި، އަޚުވަންތަކަމުގެ ގުޅުން ޤާއިމުކޮށް ދެމެހެއްޓުމުގެ މުހިއްމުކަން ހިތްތަކަށް ގެނެސްދޭ އުފާވެރި މުނާސަބަތެއްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ބަރަކާތްތެރި އަޟްޙާ ޢީދުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ދިވެހި ރައްޔިތުންނާއި، މުޅި އިސްލާމީ އުންމަތަށް ފޮނުއްވާފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް ޖެހުނު ބަންގުލަދޭޝް މީހެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ފިޓް ޖެހިގެން އައިޖީއެމްއެޗަށް ގެންދިޔަ ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ އެ މީހާއަކީ ބަންގްލަދޭޝްގެ މީހެއްކަމަށާ ...

ވެކްސިން ނުޖަހާ ނަމަ ކޮންމެ 14 ދުވަހަކުން ޕީސީއާރު ޓެސްޓް ހަދަންޖެހޭނެ

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހާ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މުވައްޒަފުން ކޮންމެ 14 ދުވަހަކުން ...

ތޫފާން “ފްލެމްބޮޔަން” ގެ ސަބަބުން ދެކުނު ރަށްރަށަށް އުދައަރާފާނެ ކަމަށް މޯލްޑިވްސް މީޓްރިއަލޮޖިކަލް ސެންޓަރުން ބުނެފި

އައްޑު އަތޮޅުގެ އިރުދެކުނުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ދެކުނުގެ ރަށްތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް ...