އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން އިންތިހާބުގައި ވާދަނުކުރައްވަން ނިންމައިފިއެވެ.

ޓްވިޓާ މެދުވެރިކޮށް ޝުޖާއު އާންމުކުރެއްވި ބަޔާނެއްގައި ހާމަކުރައްވާފައިވަނީ ރާއްޖޭގެ އެއްވެސް ޕާޓީއެއްގެ އެތެރޭގައި ޑިމޮކްރަސީއެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ އެކިއެކި ލީޑަރުންނަށް އޭނާގެ ބަޔާނުގައި ފާޑު ވިދާޅުވެފައިވެއެވެ.

” އަޅުގަނޑު އެދެނީ ގައުމުގެ ޒުވާނުން ބާރުވެރިވެ، ރައްޔިތުންގެ ކަންކަން ރައްޔިތުން އަމިއްލައަށް ނިންުމުގައި ނުފޫޒުތަކުން އެއްކިބާވެވޭވެ ދުވަހެއް ދެއްކެވުމެވެ. އަޅުގަނޑު މިކުރާ މަސައްކަތުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އަރުވަމެވެ،” ޝުޖާއު އޭނާގެ ބަޔާނުގައި ވިދާޅުވިއެވެ.

ޝުޖާއު އިންތިހާބުގައި ވާދަނުކުރަން ނިންމެވި އިރު، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެކަން ކުރިން އިއުލާނުކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން މިއަދު އިއުލާނުކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އިތުރު 19 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 19 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓީވްވި މީހުންގެ އަދަދު ވަނީ 785އަށް ...

ވެލާނާ އެއާޕޯޓުގެ ވޯޓާ ފްރަންޓް ރެސްޓޯރަންޓްތައް ހުޅުވައިފި

ރާއްޖޭގެ މައި ދޮރާށިކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކޮށްފައިވާ ވޯޓާ ފްރަންޓް ރެސްޓޯރަންޓްގައި ހަދާފައިވާ ފްރެންޗައިސް ރެސްޓޯރަންޓްތައް އާންމުންނަށް ...

ލާމަރުކަޒީ ނިންމުން 2021: ރަޝީދާ ސޯލިހާއަށް މަރުހަބާ ދަންނަވައިފި

އިއްޔެ ބޭއްވިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުން  މީދޫ ދާއިރާއަށް  ވާދަކުރެއްވި ރަޝީދާ އިބްރާހިމް މިދާއިރާއިން ...