ހިތަދޫގެ 11 މަގެއްގައި ތާރުއަޅަން ހަމަޖައްސައިފި

އައްޑުއަތޮޅު ހިތަދޫގެ 11 މަގެއްގައި ތާރު އަޅައިގެން އެމަގުތައް ހަދަން ނިންމާ އެމަގުތަކުގެ ތެރެއިން ބައެއް މަގުތަކުގެ މަސައްކަތް މިއަދު ފަށާނެކަމަށް  އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ އޮފީހުން ހާމަކޮށްފިއެވެ.

ހިތަދޫގައި ހެދުމަށް ހަމަޖެހިފައިވާ މިމަގުތަކުގެތެރެއިން ބައެއް މަގުތަކުގެ  މަސައްކަތް  މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު އެމަގުތަކުގައި ފުރަތަމަ ކުރުމަށް ހަމަޖެހިފައިވަނީ  މަގުތައް ލެވެލް ކުރުމުގެ މަސައްކަތްކަތާއި  ޖަންކްޝަން ބަހައްޓާނެ ސަރަހައްދުތައް ކޮނެ ޖަންކްޝަންތައް ބެހެއްޓުމާއި ހޮޅި ވަޅުލުމުގެ މަސައްކަތެވެ.

މިދިޔަ އަހަރުގެ ތެރޭގައި އައްޑޫގެ 19 މަގެއްގައި ތާރު އަޅައިގެން ހަދަން ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިތަދޫގެ 11 މަގު ހިމެނެނީ، އައްޑޫން ތާރުއަޅާނެ ކަމަށް ބުނި 19 މަގުގެ ތެރޭގައި ކަމަށް ހައުސިން އިން ވަނީ ހާމަކޮށްފައެވެ.

މިހާރު އައްޑޫގެ މަގުތައް ހަދަމުން ގެންދަނީ ހައުސިންގެ މުވައްޒަފުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

50 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ލިބޭނެ – ޤައުމީ ވެކްސިން ޕްރޮގްރާމް

ކޯވިޑް-19އިން ރައްކާތެރިވުމަށް ދޭ ވެކްސިން ރާއްޖޭގައި ޢުމުރުން 50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ދިނުމަށް ...

އެމްޑީޕީއަށް ކުރިހޯދައި ދިނުމަށްޓަކައި މިތިބީ ތަރުތީބުވެ ސަފުތައް ބަދަހިކޮށްގެން- ފައިޒް

އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގެން  އެމްޑީޕީއަށް ކުރިހޯދައި ދިނުމަށްޓަކައި މިތިބީ ތަރުތީބުވެ ސަފުތައް ބަދަހިކޮށްގެންކަމަށް ލޯކަލް ކައުންސިލް ...

ކޮލީގެ ޖާދުލާއެކު ޖިއޯވެންޓް ކަޓުވާލާ ލޮތާރި މިނިވަން ކަޕްގެ ފައިނަލަށް !

އައްޑޫ ސިޓީ ހުޅުދޫގައި މިހާރު ކުރިއަށްދާ “މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ގެ ސެމީ ފައިނަލުގެ ފުރަތަމަ ...