ޗެލްސީގެ ގޯލްކީޕަރ ކޯޓުއާ ރެއާލް މެޑްރިޑަށް ވިއްކާލުމަށް އެއްބަސްވެފައިވާކަން ޗެލްސީންކަށަވަރު ކޮށްދީފިއެވެ. މިއާއެކު ރެއާލް މެޑްރިޑުން ވެސް ވަނީ ކޯޓުއާގެ ޓްރާންސްފާ ރަސްމީކޮށް ކަށަވަރު ކޮށްދީފައެވެ.

ކޯޓުއާ ރެއާލް މެޑްރިޑާ ގުޅޭއިރު، އެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ރެއާލްގެ މިޑްފީލްޑަރ މިޓިއޯ ކޮވަކިޗް 1 އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ވަނީ ބަދަލުވެފައެވެ.

2011 ވަނަ އަހަރުން ފެށިގެން ކޯޓުއާ ޗެލްސީގެ އެއް ނަންބަރު ކީޕަރުގެ މަގާމު ފުރަމުން އައިއިރު، އޭނާގެ އާއިލާ ދިރިއުޅެމުން އަންނަނީ ސްޕެއިން ގައެވެ. ޒުވާން އުމުރުގައި ޗެލްސީން ލޯނަށް ދޫކޮށްލުމުން އެތުލެޓިކޯ މެޑްރިޑްގައި ކޯޓުއާ ވިދާލިއިރު، ކޯޓުއާ އެނބުރި ސްޕެއިންއަށް ދިއުމަށް އެންމެ ބޮޑު ބާރަކަށްވީ ވެސް އޭނާގެ އާއިލާ ސްޕެއިންގައި ދިރިއުޅެމުން ދިއުމެވެ.

ޓްރާންސްފާއަށް ބާރުއެޅުމުގެ ގޮތުން ކޯޓުއާ ޗެލްސީގެ ތަމްރީނުތަކުގައި ވެސް ބައިވެރިނުވެ ހުރިއިރު، ރެއާލްއިން އޭނާ ގަނެފައިވަނީ 35 މިލިޔަން ޔޫރޯއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރެއާލް މެޑްރިޑާއެކު ކޯޓުއާ 6 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު، މާދަމާ މެޑިކަލް ޓެސްޓްތައް ހެދުމަށްފަހު ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލުން އޮންނާނެކަމަށް ރެއާލް މެޑްރިޑުން ވަނީ ހާމަކޮށްފައެވެ.

ކޯޓުއާ ޗެލްސީއަށް 154 މެޗު ކުޅެދީފައިވާއިރު، ޕްރިމިއާ ލީގުގެ ތަށި ވަނީ 2 ފަހަރަށް އުފުލާލާފައެވެ.

ރެއާލް އިން އޮގަސްޓް 15 ވަނަ ދުވަހު ޔުއެފާ ސްޕަރ ކަޕް ގައި އެތުލެޓިކޯއާ ދެކޮޅަށް ނުކުންނައިރު، ކޯޓުއާ އޭނާ ކުރިން ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުނު ކްލަބާ ދެކޮޅަށް ނުކުންނަތަން ފެނުން ގާތެވެ. އަނެއްކޮޅުން، ކޯޓުއާގެ ޓްރާންސްފާއާއެކު ރެއާލްގެ މިހާރުގެ އެއް ނަންބަރު ކީޕަރ ކޭލާ ނާވަސްއަށް ފުރަތަމަ 11 އިން ދެން ފުރުސަތު ލިބުން މަދު ވާނެކަން ވަނީ ކަށަވަރުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތެޅި ފޮޅި ގަނެގެން ވެރިކަން ކުރަމުންދާ ނިޒާމު ބަދަލު ކުރުމަށް ކުރާ މަސައްކަތަށް ތާއީދު ނުކުރަން – އަސްލަމް

ތެޅި ފޮޅި ގަނެގެން މިހާރު ވެރިކަން ކުރަމުންދާ ނިޒާމު ބަދަލު ކުރުމަށް ކުރާ މަސައްކަތަށް ތާއީދު ނުކުރައްވާ ކަމަށް ...

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅުއްވައިިފިއެވެ. ޤާާނޫނީ ވަކީލު އަޙްމަދު ޝާން އާއި ...

ދެބެއިން ސީ ލައިސަންސް ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފި

މީދޫގެ ދެފަރާތަކުން ފުރަތަމަ ފަހަރަށް ފުޓްބޯޅަ ކޯޗިންގެ ސީލައިސަން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފިއެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ...