އައްޑޫ ސިޓީގެ ޓާޝަރީ ހޮސްޕިޓަލް ވެގެންދާނީ އެންމެ ރީތި ހިތްގައިމު ހޮސްޕިޓަލަށް- މިނިސްޓަރ ނާޒިމް

އައްޑޫ ސިޓީގައި ޤާއިމްކުރާ ޓާޝަރީ ހޮސްޕިޓަލް ވެގެންދާނީ އެ ސަރަހައްދުގައި ހުރި އެންމެ ރީތި އަދި އެންމެ ހިތްގައިމު ހޮސްޕިޓަލަށް ކަމަށް ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ޗެނަލް ތާރޓީންގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް ވިދާޅުވީ ނުވަ ސަތޭކަ މިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އަޅާފައިވާ ކޮންވެންޝަން ސެންޓަރު އެތާގައި ހުރިއިރު، ސިޓީ ކައުންސިލަށް އެތަން ނުބެލެހެއްޓި ވީރާނާ ވަމުން ދިޔަކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް މާ ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑު ވުމަކީ ސިއްހީ ދާއިރާ ކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސިޔާސަތުގެ ދަށުން އެތަނުގައި ފެންވަރު ރަނގަޅު ޓާޝަރީ ހޮސްޕިޓަލެއް ޤާއިމް ކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ހޮސްޕިޓަލްކައިރީގައި މިސްކިތަކާއި، އެ ހޮސްޕިޓަލަށް ބޭނުންވާ ސަރވިސް ބިލްޑިންގ އަކާއި ހިމެނިގެން ވަރަށް ފުރިހަމައަށް އެތަނުގެ މަސައްކަތް ނިމިގެންދާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެހެންކަމުން އެތަނުގެ މަސައްކަތް ނިމުމުން އެ ހޮސްޕިޓަލް ވެގެންދާނީ އެ ސަރަހައްދުގައިހުރި އެންމެ ރީތި އަދި އެންމެ ހިތްގައިމު ހޮސްޕިޓަލަށް ކަމަށެވެ.

“އިރާދަކުރެއްވިއްޔާ މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ މިންވަރުފުޅުން ރައީސް އަބުދުﷲ ޔާމީންގެ ހަރުދަނާ ސިޔާސަތުގެ ދަށުން އެތަން ވެގެންދާނީ މި ރީޖަންގައިވެސްހުރި، ހިތްގައިމު އެންމެ ރީތި ފުލް އެއަރކޯން ހޮސްޕިޓަލަކަށް. ހޮސްޕިޓަލްގެ ވަށައިގެން ރީތި ބަގީޗާލެވި، ކައިރީގައި މިސްކިތަކާ އަދި ހޮސްޕިޓަލަށް ބޭނުންވާ ސަރވިސް ބިލްޑިންގ އަކާއި ހިމެނިގެން ވަރަށް ފުރިހަމަ ހޮސްޕިޓަލަކަށް އެތަން ވެގެންދާނެ” މިނިސްޓަރ ވިދާޅުވިއެވެ.

ހޮސްޕިޓަލްގެ މަސައްކަތަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ ކޮންސްޓްރަކްޝަންގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށާ، އެތަނަށް ބޭނުންވާ މެޝިނަރީސް ގެނައުމުގައި ދަތިތަކެއް އުޅޭކަމަށެވެ. ނަމަވެސް އަވަސް މުސްތަގުބަލެއްގައި އެ މެޝިނަރީސްތައް ގެނެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ސިއްޙީ ދާއިރާ އާއި ގުޅިގެން އައްޑޫ ރައްޔިތުން ދެކެމުން އަންނަ ހުވަފެންތައް ވަރަށް އަވަހަށް ހަޤީޤަތަކަށް ވެގެންދާނެ ކަމަށެވެ.

އައްޑޫ ސިޓީގައި ރައީސް ޔާމީންގެ ސަރުކާރުން އަޅާ ޓާޝަރީ ފެންވަރުގެ އެ ހޮސްޕިޓަލަކީ ދެހާސް އެގާރަ ވަނަ އަހަރުގެ ސާކް ސަމިޓަށް އައްޑޫގައި އެޅި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި މި ސަރުކާރުން ތަރައްޤީ ކުރާ 100 އެނދުގެ ހޮސްޕިޓަލެކެވެ.

މަސްދަރު: ޗެނަލް 13

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕީޕީއެމުން ވަކިކުރަން ނިންމި ނިންމުން ބަލައެއް ނުގަންނަން: މަލީހް

ކުރީގެ ރައީސް ޔާމީނު ފަޅީގައި ހުންނެވި މުހައްމަދު މަލީހް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިކުރުމަށް ...

ކޮވިޑް-19 : މިއަދު 129 މީހުން ޕޮޒިޓިވްވެ 37 މީހުން ރަނގަޅުވެއްޖެ

ރާއްޖެއިން މިއަދުވެސް ކޮވިޑް-19އަށް އިތުރު 129 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މިއަދު ޕޮޒިޓިވްވީ މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި ...

އައްޑޫ ހިމެނޭގޮތައް 11 ރަށަކުން ކޮވިޑްގެ އައުވޭރިއަންޓް އޮމިކްރޯން ފެނިއްޖެ – ޑރ އަފްޒަލް

އައްޑޫ ސިޓީ އާއި މާލެ ސިޓީ ހިމެނޭ ގޮތަށް 11 ރަށަކުން ކޮވިޑް-19 ގެ އާ ވޭރިއަންޓް  އޮމިކްރޯން ...